ރިސޯޓުތައް މަދު އަތޮޅުތަކުގައި އިންވެސްޓުކުރަން އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަަދުގައި އެ އަތޮޅުތަކުން ރިސޯޓު ތަރައްގީކުރަން ދޫކުރާ ތަންތަނުގެ ލޭންޑް އެކުއިޒިޝަން ކޮސްޓު ކުޑަކޮށް، އިމްޕޯޓު ޑިއުޓީން ލުއިތަކެއް ދޭން ގަވާއިދުތައް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ލުއިތައް ދޭން ނިންމާފައިވާ އަތޮޅުތައް ކަމުގައި ރައީސް ވިދާޅުުވީ އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ. އާއި ހދ. އާއި ށ. ގެ އިތުރުން މެދު ރާއްޖެތެރޭގެ ދެ އަތޮޅު ކަމުގައިވާ ލ. އާއި ތ. އަތޮޅެވެ.
ރައީސް ވިދާޅުވީ މި ލުއިތައް ދިނުމުގެ ގޮތުން ގަވާއިދުތަކުގައި ހިމަނާނީ "ސަންސެޓް" މާއްދާއެއް ކަމަށެވެ. "ސަންސެޓް" މާއްދާތަކަކީ ކަނޑައެޅިފައިވާ ވަކި މުއްތަދަކަށް ގަވާއިދުގައި އޮތް މާއްދާއަކަށް އަމަލުނުކުރަން ގާނޫނުތަކާއި ގަވާއިދުތަކުގައި ހިމަނާ މާއްދާތަކެކެވެ.
"މި ފަސް އަތޮޅުގައި ފަތުރުވެރިކަން ގެނައުމަށް އިންވެސްޓަރުން އިންސެންޓިވައިޒް ކުރުމަށް، ޝައުގުވެރިކުރުމަށް ޓަކައި، [] ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ގާތްގަނޑަކަށް ނިމެނީ. އެ ފަސް އަތޮޅަށް އެކަނި އަޅުގަނޑުމެން ވަކި މުއްދަތަކަށް ސަންސެޓް ކްލޯސްތަކެއް ލާފައި އަޅުގަނޑުމެން މިއުޅެނީ ލުއިކޮށްލަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ލޭންޑް އެކުއިޒިޝަން ކޮސްޓާއި އިމްޕޯޓު ޑިއުޓީ ލުއިތައް ދޭން ގަަވާއިދުތަކަށް ގެންނަ ބަދަލުތައް މި މަހުގެ ތެރޭގައި އިއުލާނުކުރަން އަމާޒު ހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާ އެކީގައި މި އަތޮޅުުތަކުގައި އިންވެސްޓުކުރަން ހުޅުވާލެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިސޯޓުތައް މަދު ފަސް އަތޮޅުގައި އިތުރު ލުއިތަކެއް ދޭން ނިންމާފައިވާއިރު، ކުރީ ސަރުކާރުގައި ޓޫރިޒަމް ގާނޫނުތަކާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކުގެ ދަށުން މިހާރު ވެސް ލީސް އެކުއިޒިިޝަން ކޮސްޓު އެންމެ ކުޑަ އަތޮޅުތަކުގެ ތެރޭގައި މި ފަސް އަތޮޅު ހިމެނެ އެވެ. އަދި ތ. އަތޮޅު ފިޔަވައި އެހެން އެއްވެސް އަތޮޅަކުން ލޮކޭޝަން ޕްރީމިއަމްއެއް ނުނަގަ އެވެ.
މި އަތޮޅުތަކުގައި ހުރި ހިންގަމުންދާ ރިސޯޓުތަކުގެ އަދަދަކީ އަށެކެވެ. އެއީ:
އޭގެ އިތުރުން ގިނަ މި އަތޮޅުތަކުން ގިނަ ރަށްތަކެއް ރިސޯޓު ތަރައްގީކުރަން 20 ތަނެއް ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުއްޔަށް ދޫކުރިތާ ގިނަ އަހަރުތަކެއްވީ އިރު ތަރައްގީކުރުމުގެ މަސައްކަތް ނުހިނގާ ތަންތަނާއި، މިފަހުން ދޫކޮށްފައި ހުރި ބައެއް ތަންތަން ވެސް ހިމެނެ އެވެ.
ރިސޯޓުތައް މަދު ފަސް އަތޮޅުގައި ޓޫރިޒަމަށް ފަހިކުރަން ބޮޑެތި ލުއިތަކެއް ދެނީ ރިސޯޓުތައް މަދު ފަސް އަތޮޅުގައި ޓޫރިޒަމަށް ފަހިކުރަން ބޮޑެތި ލުއިތަކެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ