ކިއާނޫ އާއި ސާންޑްރާ ޒަމާންތަކަކަށްފަހު އެކީގައި

ހޮލީވުޑްގައި 90ގެ ފަހުކޮޅުގައި އެންމެ މަގުބޫލު އޮންސްކްރީން ޖޯޑުތަކުގެ ތެރޭގައި ހިމެނޭ އެއް ޖޯޑު ކަމަށްވާ ކިއާނޫ ރީވްސް އާއި ސާންޑްރާ ބުލޮކް އަހަރުތަކަކަށްފަހު އަނެއްކާވެސް ލޯބީގެ ފިލްމަކުން ފެނިގެން ދިޔުމަށް ތައްޔާރުވެއްޖެއެވެ. ކިއާނޫ އާއި ސާންޑްރާ އެންމެ ފަހުން އެކީގައި ލޯބީގެ ފިލްމަކުން ފެނިގެން ގޮސްފައިވަނީ 1990ގެ ހިޓް ކްލެސިކް "ސްޕީޑް" އާއި "ދަ ލޭކް ހައުސް" އިންނެވެ. އެ ފިލްމާއެކު ދެމީހުންގެ ޖޯޑު ވެގެން ދިޔައީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޖޯޑެކެވެ. އެއާއެކު ފޭނުން ބޭނުންވީ ދެމީހުން އެކީގައި ފެނިގެންދިޔުމަށެވެ. ނަމަވެސް އެތައް އަހަރެއް ވެގެން ދިޔައީ ދެމީހުން އެކުގައި އިތުރު ފިލްމަކުން ނުފެނިއެވެ. އެކަމަކު ކިއާނޫ އާއި ސާންޑްރާގެ ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ދެމީހުން އަނެއްކާ ވެސް އެކީގައި ސްކްރީނަށް އައުމަށް ތައްޔާރުވަނީއެވެ. މިފަހަރު ދެމީހުން ފެނިގެންދާނީ ރޮމޭންޓިކް ތުރިލާއަކުންނެވެ. އެމޭޒަން ޕްރޮޑަކްޝަނުން ނެރުމަށް ތައްޔާރުވާ މި ފިލްމަށް އަދި ނަމެއް ކަނޑައަޅާފައެއް ނުވެއެވެ. ސާންޑްރާއާއި ކިއާނޫގެ އިތުރުން ފިލްމުގެ ޕްރޮޑަކްޝަނުގައި ވެސް ހިމެނެނީ "ސްޕީޑް"ގެ ކްރޫއެވެ. އެގޮތުން މި ފިލްމު ޕްރޮޑިއުސް ކުރާނީ ސްޕީޑްގެ ޕްރޮޑިއުސަރު މާކް ގޯޑޮން އެވެ. ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ. ސާންޑްރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2022 ވަނަ އަހަރުގެ ކޮމެޑީ ފިލްމު "ދަ ލޮސްޓް ސިޓީ" އިންނެވެ. އަދި ކިއާނޫ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ އެނިމޭޓެޑް ފިލްމަކަށް އަޑު އެޅުމުގެ މަސައްކަތެވެ. އޭނާ އެންމެ ފަހުން އަޑު އަޅާފައިވަނީ 2023 ވަނަ އަހަރު ނެރުނު "ސޮނިކް ހެޖްހޮގް 3"ގެ "ޝެޑޯ"ގެ ރޯލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ