ގައިދީންގެ އާއިލާތަކަށް ކަރެކްޝަންގެ އެހީ: ދަތި ހާލުގައި އުޅޭ 10 އާއިލާއަކަށް 2220 ރުފިޔާ ދީފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ  ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ކަރެކްޝަނުން ބުނި ގޮތުގައި މިއީ ރޯދަ މަހާ ދިމާކޮށް ހިންގި ހަރަކާތެކެވެ.
މި ހަރަކާތުގައި ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް ކޮންމެ އާއިލާއަކަށް 2،220 ރުފިޔާގެ މަގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
Advertisement
މި ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނުން ނިންމި އެވެ. ނަމަވެސް އެހީއަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 އާއިލާއަކުންނެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވެފައިވަނީ ޖުމްލަ 10 އާއިލާ އަކަށް ކަރެކްޝަނުން ބުންޏެވެ.
މި އެހީއަށް ޝަރުތު ހަމަވަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭމިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ