އުރީދޫ ކަރާފެޅުމުގެ ގްރޭންޑް ޕްރައިޒް ލިބުނީ ޝާދިޔާއަށް

ރޯދަ މަހު އުރީދޫން ކުރިއަށް ގެންދިޔަ "ކަރާ ފެޅުން ޗެލެންޖް" ގެ ގްރޭންޑް ޕްރައިޒް މަރިޔަމް ޝާދިޔާއަށް ލިބިއްޖެ އެވެ.އުރީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިނާމުތައް ޝާދިޔާގެ ބަދަލުގައި އައި އޭނާގެ ކޮއްކޮ އައިޝަތު ނުޒްލާއާ ވަނީ ހަވާލުކޮށްފަ އެވެ.ނުޒްލާ ބުނީ ޝާދިޔާއަށް ބޮޑު އިނާމެއް މީގެ ކުރިން ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މި އިނާމު ލިބޭނެ ކަމަށް އޭނާ ވަރަށް ބޮޑަށް ޔަގީންކޮށްގެން ހުރި ކަމަށެވެ."ކޮއްކޮ ބުނެފައި އޮތީ ތިމަންނައަށް ޔަގީނޭ ލިބޭނެއޭ. ވަރަށް އަސްލު މަޖާ އެއްކޮށް ކަރާ ފަޅަން. ފްރީ ޓައިމެއް ލިބުނަސް ޓެޕްކޮށްލަނީ ހަމަ ވަދެލާފައި،" އޭނާ ބުންޏެވެ.ދުވާލެއްގެ މައްޗަށް 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް ގްރޭންޑް ޕްރައިޒަށް ވާދަކުރެވުނުއިރު، ނުޒްލާ ބުނީ ލިބުނު ހުސްވަގުތުތަކުގައި ޓެޕްކުރި ކަމަށެވެ.ޝައުގުވެރި އަދި އުފެއްދުންތެރި މީމްތަކެއް ކަސްޓަމަރުންގެ ފަރާތުން ހުށަހެޅިގެން ދިޔަ އުރީދޫގެ "ކަޅާ ފެޅުން ޗެލެންޖް" ވީ ވަރަށް ކާމިޔާބު ޗެލެންޖަކަށް ކަމަށް އުރީދޫން ބުންޏެވެ.އުރީދޫ އިން ރޯދަ މަހާ ދިމާކޮށް ކަސްޓަމަރުން ޝައުގުވެރިވާ ޕްރޮމޯޝަންތައް އަބަދުވެސް ހިންގާ، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ