ސަންލޭންޑް ނަޒީރު އަވަހާރަވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު ނަޒީރު މިރޭ އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޒީރު އަވަހާރަވީ އާލާސްކަންފުޅެއްގައި އުޅުއްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން، އިނގިރޭސިވިލާތުގައި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ތަފްސީލު - ނަޒީރު ފަތުރުވެރިކަމުގެ ވިޔަފާރި ފެއްޓެވީ ރާއްޖޭގެ ފަތުރުވެރިކަން ވެސް ފެށިގެން އައި ދުވަސްވަރު، އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގި ޓްރެވަލް އެޖެންސީއަކުންނެވެ.
އޭގެ ފަހުން 90ގެ އަހަރުތަކުގެ ކުރީކޮޅު ރިސޯޓު ތަރައްގީކުރަން ސަރުކާރުން ބީލަމަށް ހުޅުވާލި ފުރުސަތެއްގައި އެ ބީލަން ކާމިޔާބުކޮށް، މަކުނުދޫގެ ނަމުގައި ފުރަތަމަ ރިސޯޓު ހުޅުވި އެވެ.
ނަޒީރު ހިއްސާދާރެއްގެ ގޮތުގައި ހުންނަވާ ސަންލޭންޑް ހޮޓެލްސްއަކީ ލަގްޒަރީ ރިސޯޓު ބްރޭންޑެއް އުފެއްދި ފުރަތަމަ ދިވެހި ކުންފުންޏެވެ. އެއީ ދެ ރިސޯޓް މިހާރު ވެސް ހިންގާ ކޮކޯ ކަލެކްޝަން ބްރޭންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ