ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޖާގައިގެ ދަތިކަން ބޮޑުވެ ހިފްޒު ކްލާސްތަކަށް ވަނުމަށް ހުޅުވާލި ފުރުޞަތަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޖާގަލިބެން އޮތީ 33% ދަރިވަރުންނަށް!

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކަށް ވަނުމަށް ހުޅުވާލި ފުރުޞަތަށް 600 ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި ނަމަވެސް މަރުކަޒުގައި ޖާގަ ހުރި ގޮތުން ފުރުޞަތު ދެވޭނީ  200 ކުދިނަށް ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާލުވެއްޖެއެވެ. 
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޖާގައިގެ ދަތިކަން މިހާބޮޑުވުމުން އިޚުތިޔާރު ކުރެވިގެންދާނީ އެންމެ މޮޅު ދަރިވަރުން ކަމަށެވެ. 
ކުރިމަތިލި ދަރިވަރުންގެ ތެރެއިން 400 ދަރިވަރުންނަށް ފުރުޞަތު ނުލިބޭނެކަން އެއީ ހިތާމަހުރި ކަމެކެވެ. އެކަމުން އެނގިގެންދަނީ ފާއިތުވި ސަރުކާރުތަކުން ކީރިތި ޤުރްޢާނާއި ބެހޭ މަރުކަޒަށް އިހްމާލްވެފައިވާ މިންވަރެވެ. 
މިބޮޑު މައްސަލަ ޙައްލުކުރަން މިސަރުކާރުން ބޮޑެތި މަޝްރޫތަކެއް ހިންގާނެކަން މިހާރުވެސް ވަނީ އިޢުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ