މިއަދު ފާހަގަކުރި ކުޑަކުދިންގެ ދުވަހާއި ގުޅިގެން އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ދެއްވީ ބެލެނިވެރިންނަށާއި ކިޔަވައިދީ ދަރިންތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ މުއްއްސަސާތަކަށް ޚާއްޞަ މެސެޖެކެވެ.
ޑރ. ޝަހީމް ވިދާޅުވީ އިޖްތިމާއީ މައްސަލަތަކުގެ ޙައްލަކީ، އުންމަތުގެ މުސްތަޤުބަލުކަމުގައިވާ އަދުގެ ކުޑަކުދިންގެ ޖީލު އިސްލާމީ ހިދާޔަތުގެ އަލީގައި ތަރުބިޔަތުކުރުމާއި މަކާރިމުލްއަޚްލާޤު ދަސްކޮށްދިނުމާއި ޤުރުއާނަށް ލޯބި ޖެއްސުމާއި ނަބިއްޔާގެ މަތިވެރި މަޤާމު އެކުދިންގެ ހިތްތަކުގައި ބިންވަޅުނެގުން" ކަމަށެވެ.
ކުޑަކުދިންގެ ދުވަސް ކިތަންމެ ކުލަގަދަކޮށް ފާހަގަކުރިނަމަވެސް ވަޒީރު ޑރ. ޝަހީމް ފާހަގަކުރައްވާފައިވާ ކަންކަމަށް ސަމާލުކަން ނުދެވޭނަމަ ކުދިންނަށާއި އަދި އެކުދިންގެ ސަބަބުންމުޖުތަމަޢުއަށް ކުރާނެ ފައިދާއެއް ނެތެވެ.
ނަމާދުކުރަންޖެހޭ ޢުމުރުގެ ކުދިންލައްވައި ނަމާދު ނުކުރުވޭނަމަ އެއީ އެކުދިންގެ މުޅިޙަޔާތަށް ދެވޭ އެންމެ ބޮޑު ދެރަކަން ބެލެނިވެރިންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ބެލެނިވެރިން އަދާކުރަންޖެހޭ ޒިންމާ އުފުލނީ ހާދަ މަދު ބެލެނިވެރިންނެއްކަން ފާހަގަކުރެވެއެވެ.
ކުޑަކުދިންގެ ދުވަހު އިސްލާމީ ވަޒީރު ދެއްވީ ބެލެނިވެރިންނަށް ޚާއްޞަ މެސެޖެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ