ސައުތު އެކްޓަރު ވިޖޭގެ ފިލްމުގެ ޓީޒާގައި ރަންބީރުގެ އަޑު

ސައުތު ސިނަމާގެ އެންމެ ކުޅަދާނަ ހުނަރުވެރި އެކްޓަރުންގެތެރޭ ހިމެނޭ ވިޖޭ ދެވެރަކޮންދާގެ ކުރިއަށް އޮތް ފިލްމު "ކިންގްޑަމް"ގެ ޓީޒާ ދައްކާލައިފިއެވެ. މި އަހަރުގެ މެއި މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމުގެ ހިންދީ ޓީޒާއަށް އަޑު އަޅައިދީފައި ވަނީ އެކްޓަރު ރަންބީރު ކަޕޫރެވެ. "ވީޑީ 12"ގެ ނަމުން ކުރިން ވަގުތީ ނަމެއް ދިން މި ފިލްމުގެ ހިންދީ ވާޝަންގެ ނަމަކީ "ކިންގްޑަމް" ނަމަވެސް ފިލްމަށް ތަމަޅަ ބަހުން ދީފައިވާ ނަމަކީ "ސާމްރަޖިއާ"އެވެ. އިއްޔެގެ ވަގުތެއްގައި ފިލްމުގެ ޓީޒާ ދައްކާލާފައިވާއިރު ތަމަޅަ ބަހުން ގެނެސްދީފައިވާ ޓީޒާއަށް އަޑު އަޅައިދީފައި ވަނީ ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރްއެވެ. ފިލްމުގެ ޓީޒާ ފެށޭއިރު ވެސް ބެލުންތެރިން ގެންގޮސްދެނީ ވަރަށް ވަރުގަދަ ހަނގުރާމައެއްގެ ތެރެއަށެވެ. އެކްޓަރު ވިޖޭ ފިލްމު "ކިންގްޑަމް"ގެ ޓީޒާގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ މި ހަނގުރާމައިގެ ތެރެއިން އާއްމުންނަށް އުއްމީދެއް ގެނެސްދިނުމަށް ފާޅުވާ ޒުވާނަކީ ވިޖޭއެވެ. އާއްމުންނަށް ކުރިމަތިވާ ނުރައްކާތެރި ހަމަލާތަކުން އެ މީހުން ސަލާމަތް ކުރުމަށް ކޮންމެ ފަދަ ހާލަތަކާ ވެސް ކުރިމަތިލާން ތައްޔާރަށް ހުންނަ ހީރޯއެއްގެ ރޯލްއިން ވިޖޭ ފެންނާނެ "ކިންގްޑަމް" ސިނަމާތަކަށް ގެންނާނީ މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހެވެ. ވިޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ދަ ފެމިލީ ސްޓާ"އިންނެވެ. ވިޖޭގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "އަރުޖުން ރެޑީ"، "ޑިއަ ކޮމްރެޑް" އަދި "ޚުޝީ" ހިމެނެއެވެ. ވިޖޭ ވަނީ 2022 ވަނަ އަހަރު "ލައިގާ"ގެ ނަމުގައި ގެނެސްދިން ފިލްމަކުން ބޮލީވުޑަށް ތައާރަފުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ