ހަ ސަފީރުންގެ ޒިންމާތައް އިތުރުކުރަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ރުހުން

ރާއްޖޭން އިތުރު ގައުމުތަކަށް ނޮން ރެޒިޑެންޓު ސަފީރުންނާއި ދާއިމީ މަންދޫބުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އާއި، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށް ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައެވެ. އަދި ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަންކުރުމަށް ވެސް ރައީސް މަޖިލީހަށް ނަން ފޮނުއްވިއެވެ. އެހެންވެ، އެމައްސަލަތައް ދިރާސާކުރަން އޮތީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. އެ ކޮމިޓީގައި މިއަދު ވަނީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ދިރާސާކޮށް، މެންބަރުންގެ ވޯޓަށް އަހާފައެވެ. އެގޮތުން، އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި އައްޔަންކުރުމަށް ކޮމިޓީގައި ބައިވެރިވެޑައިގެން ނުވަ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ. https://x.com/mvpeoplesmajlis/status/1889930963511288287 އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު އައްޔަނުކުރަން ކޮމިޓީން ރުހުންދިނެވެ. އެކަމަށް ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ. މާގަމަށް އައްޔަންކުރަން ރުހުންދޭން ފާސްކުރީ: ރާއްޖޭން ސްވިސް ކޮންފެޑަރޭޝަން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް - ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ޑަބްލިއުޓީއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި - ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ރާއްޖޭން ކެނެޑާއަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްގަފޫރު މުހައްމަދު ރާއްޖޭން ކުވެއިތަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން ސައުދީ އަރަބިއާއަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ރާއްޖޭން ބޫޓާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ރާއްޖޭން މިސްރަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން ސައުދީ އަރަބިއާއަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު އެ ހުރިހާ ބޭފުޅުން މަގާމުތަކަށް އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ ބައިވެރިވެވަޑައިގެން ނުވަ މެންބަރުންގެ އިއްތިފާގުންންވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ