ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިމަސައްކަތް ހަވާލުކޮށްފައި އޮތީ އެމްޓީސީސީ އަށެވެ.މި މަޝްރޫއުގެ ތެރެއިން 19,789 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.އާބާދީގައި 500އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކިނޮޅަހަކީ ބަނދަރުގެ ދަތިކަމުގެ މައްސަލަވެސް އިންތިހާއަށް ކުރިމަތިވަމުން އައި ރަށެކެވެ. އެގޮތުން ނެރުމައްޗަށް ވެލި އަރައި، ބަނދަރު ތިލަވުމުގެ މައްސަލައަކީ އެރަށަށް ވަރަށް ބޮޑަށް ކުރިމަތިވަމުން އައި މައްސަލައެކެވެ. އެހެންކަމުން އެރަށުގެ ބަނދަރު މައްސަލަ ޙައްލުކޮށް، އެރަށުގައި އާ ބަނދަރެއް ތަރައްޤީކޮށް ބޭނުންކުރަން ފެށީ 2023ވަނަ އަހަރުއެވެ.އެ މަޝްރޫޢު ކުރިއަށްގެންދިޔައީ ސަރުކާރުން 46.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މި މަސައްކަތްވެސް ކުރިއަށްގެންދިޔައީ އެމްޓީސީސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ