ސައިންސްގެ ކޮންފަރެންސްގައި ބައިވެރިވާން އެމްއެންޔޫން ހުޅުވާލައިފި

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން އިންތިޒާމުކުރާ ދެވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިނޮވޭޝަންސް އިން އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އައިސީއީއެސްޓީ 2025)ގެ ރަޖިސްޓްރޭޝަން ފަށާފައިވާ ކަމަށް އެމްއެންޔޫ-ފެސްޓުން މިއަދު އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ ފެންވަރުގައި ބާއްވާ މި ކޮންފަރެންސް އޮންނާނީ އަންނަ 1-2 އޮކްޓޯބަރުގައި މާލޭގަ އެވެ.
ކޮންފަރެންސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްއެންޔޫގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.
ތަފްސީލް - އައިސީއީއެސްޓީ 2025ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަޑެމިކުންނާއި ދިރާސާކުރާ ފަރާތްތަކާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާ އަދި އެހެނިހެން ފަންނުވެރިން ބައިވެރިވާނެ އެވެ.
މި ކޮންފަރެންސްގެ މަގްސަދަކީ އެކި ފަރާތްތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، އެކަޑެމިކް ގޮތުން މައުލޫމާތު ބަދަލުކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުތައް ހޯދުމަށް މަގުފަހިކުރުމެވެ.
ކޮންފަރެންސްގެ ޕްރޮގްރާމުގައި ހިމެނެނީ މަޝްހޫރު ބޭފުޅުންގެ މުހިންމު ތަގުރީރުތަކާއި އެންމެ ފަހުގެ ދިރާސާތައް ހުށަހަޅާ ޓެކްނިކަލް ސެޝަންތަކާއި އަމަލީ މައިދާނުގައި ކަންކަން ކުރެވޭ ގޮތާ ބެހޭ ގޮތުން ބާއްވާ ޕެނަލް މަޝްވަރާތަކާ އަދި އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމަށް ބާއްވާ ހަރަކާތްތަކެވެ.
މި ކޮންފަރެންސްގައި އިންޖިނިއަރިން، ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި މައުލޫތައް ހިމެނޭނެ ކަމަށް އެމްއެންޔޫން ބުންޏެވެ. އެގޮތުން، ދެމެހެއްޓެނިވި ތަރައްގީ އާއި އީޖާދީ ކަންކަމާ އަދި އަލަށް ކުރިއަރަމުންދާ ޓްރެންޑްތައް ހިމެނޭ ކަމަށް އެ ތަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ