ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލް
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގެ އަންހެން ޑިވިޝަނުގެ ތިންވަނަ ހޮވާ މެޗު ކާމިޔާބުކޮށް ރާއްޖޭގެ އަންހެން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ. ތިންވަނަ ހޮވާ މެޗުގައި ރާއްޖެއިން ބަނގްލަދޭޝްގެ މައްޗަށް ކުރިހޯދީ 86-22 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭން ބަންގްލަދޭޝަށް އެއްވެސް ފުރުސަތެއް ނުދީ 23 ޕޮއިންޓް ހޯދިއިރު ދެވަނަ ކުއާޓާގައި ރާއްޖެއަށް 38 ޕޮއިންޓް ލިބުނެވެ. މި ކުއާޓަރުގައި ބަންގްލަދޭޝަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ތިންވަނަ ކުއާޓާގައި ރާއްޖެއިން 56 ޕޮއިންޓް ހޯދިއިރު ބަންގްލަދޭޝަށް ނުވަ ޕޮއިންޓް ލިބުނެވެ. އަދި ހަތަރުވަނަ ކުއާޓާ ނިންމާލީ 88-22 ޕޮއިންޓުންނެވެ. ރާއްޖޭގެ އަންހެން ޓީމުން މުބާރާތުގެ ލޯ މެޑަލް ހޯދިއިރު، މިއީ ރާއްޖޭގެ އަންހެން ބާސްކެޓުގައި ބޮޑު ކާމިޔާބެކެވެ. މިހާތަނަށް ސަރަހައްދީ އެންމެ ބޮޑު ގޭމްސްގައި ވެސް ރާއްޖެއިން ރަނގަޅު ނަތީޖާއެއް ހޯދިއިރު، މިއީ ރާއްޖޭގެ އަންހެން ބާސްކެޓުގެ މުސްތަގްބަލް އޮތްކަން ދޭހަވާ ނަތީޖާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ