ފަޅާއި ނެރު ފުން ކުރުމުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައި ހުރީ ކުރީގެ ރައީސް، އަބްދުالله ޔާމީން ވެރިކަމުގައި ޕަބްލިކް ވޯކްސްއަށް ހޯދި އެކްސްކެވޭޓަރުތަކާއި ޑްރެޖަރުތަކަށް ވީނުވީއެއް ނޭނގި މިދިޔަ ސަރުކާރުގެ ދުވަސްވަރު ގެއްލިފައިވާތީ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ފަޅު ފުންކުރުމާއި ނެރު ފުންކުރުން ފަދަ މަސައްކަތްތަކަކީ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ. އެކަންކަން ކުރަމުން އައީ ޕަބްލިކް ވޯކްސްއިން ކަމަށާއި މިހާރު އެ މަސައްކަތްތައް ހުއްޓިފައި ހުރީ ޕަބްލިކް ވޯކްސްގެ ގާބިލުކަން ނެތުމުގެ ސަބަބުން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"އެހެންނަމަވެސް މިދިޔަ ސަރުކާރުން ޕަބްލިކް ވޯކްސްގައި ހުރި، އެއީ ރައީސް ޔާމީނު ސަރުކާރުން ޕަބްލިކް ވޯކްސްއަށް ހޯދާފައި ހުރި ޑްރެޖަރުތަކާއި އޭގައި ހުރި ލޭންޑިން ކްރާފްޓުތަކާއި އެކްސްކެވޭޓަރުތަކާ މި އެއްޗެހި ވީތަނެއް ވެސް ނޭނގޭ، އެހެންވީމާ ހަގީގަތުގައި އެ އެއްޗެހިތައް ފެންނަން ނެތީމާ ޕަބްލިކް ވޯކްސްގެ އެއްވެސް މަސައްކަތެއް ކުރުމުގެ ގާބިލުކަން މިހާރު ނެތީމާ އެ މައްސަލަ އެހައި ބޮޑަށް އެ ދިމާވަނީ،" އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް އެއީ ކޮން އުޅަނދުތަކެއް ކަމާއި އެއީ ކިތައް އުޅަނދު ކަމެއް މުއްތަލިބު ވިދާޅެއް ނުވެ އެވެ. އަދި އެ ތަކެތި ހޯދުމަށް އެއްވެސް މަސައްކަތެއް ކުރޭތޯ ވެސް މުއްތަލިބު ވިދާޅެއް ނުވެ އެވެ. ހަމައެހެންމެ، މީގެ ކުރިން އެއްވެސް ތަނެއްގައި މި ވަރުގެ ކަމެއް ވެގެން އުޅޭ ކަމަކަށް އޭނާ ވިދާޅެއް ވެސް ނުވެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ މެންޑޭޓަކީ އެކި ފަރާތްތަކާ މަސައްކަތްތައް ހަވާލު ކޮށްގެން ކުރުވުން ކަމަށާއި މެއިންޓެނެންސް މަސައްކަތްތައް ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް ޕަބްލިކް ވޯކްސްއަށް ބޭނުންވާ އުޅަނދުތައް ހޯދައިދީގެން މަސައްކަތްތައް އަލުން ފެށޭތޯ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ޕަބްލިކް ވޯކްސްއަށް ގެނައި އެކްސްކަވޭޓަރުތަކާއި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ ކަަމަށް މުއްތޮލިބު ވިދާޅުވެއްޖެ ޕަބްލިކް ވޯކްސްއަށް ގެނައި އެކްސްކަވޭޓަރުތަކާއި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ ކަަމަށް މުއްތޮލިބު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ