ރޯދަ މަހުގެ ރޭތައް އިހްޔާ ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 'މައުމޫން ފައުންޑޭޝަން" އިން މި އަހަރު ވެސް ޖަލްސާތައް ބާއްވަން ނިންމައިފި އެވެ.
އެ ފައުންޑޭޝަންގެ ފުރަތަމަ އިހްޔާ ޖަލްސާ އޮންނާނީ މި މަހުގެ 4 ވަނަ ދުވަހުގެ ރެ އެވެ. އެ ރޭގެ ޖަލްސާގައި މައުމޫން ތަގުރީރު ކުުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ އިހްޔާ ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.
ރޯދަ މަހުގެ ރޭތައް އިހުޔާކުރަން މައުމޫންގެ ވެރިކަމުގެ ތެރޭގައި ފެށި އިހްޔާ ފޯރަމް އިސްލާމިކް މިނިސްޓްރީން އަބަދު ވެސް ކުރިއަށް ގެންދެ އެވެ. އެގޮތުން އިހްޔާ ޖަލްސާތައް ކުރިން މާލޭގައި އެކަނި ބާއްވަމުން އައި ނަމަވެސް މިހާރު އެކަން ފުޅާކޮށް، އިހްޔާ ފޯރަމް އަންނަނީ އަތޮޅު ތެރޭގައި ވެސް ބާއްވަމުންނެވެ.
އެގޮތުން މި އަހަރު މާލެއާ އެކު 7 ރަށެއްގައި އިހްޔާ ފޯރަމް އޮންނާނެ އެވެެ.
މި އަހަރުގެ އިހްޔާ ފޯރަމްގެ ފުރަތަމަ ފޯރަމް މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ. އޭގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މައުމޫން ވެސް އިހްޔާ ޖަލްސާތައް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ