މޫސުން ރަނގަޅެއް ނުވޭ؛ ހއ އިން ލާމަށް ހުދު ސަމާލު

މޫސުން ވަރަށް ބޮޑަށް ގޯސްވެ ހއ އިން ލ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯހެވެ. މިއަދު މާލެ ހިމެނޭހެން އަތޮޅުތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. ބައެއް ސަރަހައްދުތަކަށް ވަރަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިހާރު ވަނީ ހއ އިން ލ އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. މެޓުން ބުނީ މި އެލާޓް ނެރެފައި ވަނީ މިރޭ 8:30އާ ހަމައަށް ކަމަށެވެ.
މި ވަގުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
ރޭ ފަތިހުން ފެށިގެން މާލެ ސަރަހައްދަށް ވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ