މެރިން ރިސާޗްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ޝިމާލް އައްޔަނުކޮށްފި
މޯލްޑިވްސް މެރިން ރިސާޝް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް، މުހައްމަދު ޝިމާލް މިއަދު އައްޔަނުކޮށްފި އެވެ.އެމްއެމްއާރްއައިގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ޝާފިޔާ ނައީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.މެރިން އިންޑަސްޓްރީގައި 24 އަހަރުގެ ތަޖުރިބާ ހުރި ޝާފިޔާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.މެރިން ރިސާޗްއިން އިން މިއަދު ބުނީ، އެ އިދާރާގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މިއަދު ޝިމާލް އައްޔަނުކޮށްފައިވާ ކަމަށާއި ޝިމާލްއަކީ ތަޖުރިބާ ހުރި، އެއިދާރާގެ ރިސާޗް ޕްރޮގްރާމްތަކުގައި މަސައްކަތްކޮށް، ބައެއް ޕްރޮޖެކްޓްތައް ތަރައްގީކޮށްފައިވާ ފަރާތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ