މިފްކޯ އިން ފުވައްމުލަކުން މަސް ގަންނަން ފަށައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލަކު ބަނދަރުން މަސްގަންނަން ފަށައިފި އެވެ.ފުވައްމުލަކުން މިފްކޯއަށް މަސް ކިރަން ފެށީ އިއްޔެ ކަމަށް މިފްކޯ އިން ބުންޏެވެ.ފުވައްމުލަކު މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއްވެސް މިފްކޯ އިން ގެންދަނީ ހަދަމުންނެވެ. މިފްކޯ އިން ކުރިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ފުވައްމުލަކު ފެކްޓަރީގެ ހިދުމަތް މިއަހަރު ފެށުމެވެ.ފުވައްމުލަކު ބަނދަރުގައި އޮތް 30 މެޓްރިކް ޓަނުގެ "ރަނދި 19" އަށް އިއްޔެ ހަ ޓަނުގެ މަސް ކިރުވާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.މިފްކޯ އިން ގެންދަނީ އައްޑޫ ސިޓީން ގަންނަ މަސް ހުވަދު އަތޮޅުގައި ހުންނަ ކޫއްޑޫ ފެކްޓަރީއަށް ނުގެންގޮސް ސީދާ އައްޑޫ އިން އެހެން ގައުމުތަކަށް މަސް ބޭރުކުރުމަށްވެސް ތައްޔާރުވަމުންނެވެ.މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްއެއްވެސް އައްޑޫ ސިޓީގައި ހިންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ