މެސީގެ ދިފާއުގައި އިބްރަހިމޮވިޗް ތެދުވެއްޖެ މެސީގެ ދިފާއުގައި އިބްރަހިމޮވިޗް ތެދުވެއްޖެ

މިލާން (ޖުލައި 1) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ޕީއެސްޖީ އަތުން އިންޓަ މިއާމީ ބަލިވި މެޗަށް ފަހު، އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ އަށް އަމާޒުވަމުން އައި ފާޑުކިޔުމާ ގުޅިގެން އޭނާގެ ދިފާއުގައި، އޭސީ މިލާނުގެ ޑިރެކްޓަރު، އަދި ކުރީގެ ފޯވާޑް، ޒްލަޓަން އިބްރަހިމޮވިޗް ތެދުވެއްޖެ އެވެ.
ކުރިން އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އެލްއޭ ގެލެކްސީ އާއި ޕީއެސްޖީ އަށް ކުޅުނު އިބްރަހިމޮވިޗް ބުނީ، ޕީއެސްޖީ އަތުން ބަލިވީ އިންޓަ މިއާމީ ކަމަށާއި އެއީ ހަމައެކަނި މެސީގެ ސަަބަބުން ވީ ކަމެއްގެ ގޮތުގައި ވާހަކަ ދެއްކުން ބަލައިނުގަނެވޭނެ ކަމަށެެވެ.
"މެސީ ބައްޔެއް ނުވޭ، ބަލިވީ އިންޓަ މިއާމީ. ތި މީހުން ދެކުނިންތަ އެ ޓީމުގައި ދެން ތިބި ކުޅުންތެރިން. ތިބީ ބުދު ތަކެއްހެން ގިނަ ފަހަރު. ރަނގަޅު ޓީމެއްގައި، ޕެރިސް (ޕީއެސްޖީ) ނޫނީ މެންޗެސްޓާ (ސިޓީ) ކަހަލަ ޓީމެއް ނަމަ، ހަގީގީ މެސީ ފެންނާނެ އެ މެޗުގައި ވެސް،" އިބްރަހިމޮވިޗް ބުންޏެވެ.
އިބްރަހިމޮވިޗް ބުނީ، އިންޓަ މިއާމީ ކެޓުން މެސީ ބޮލުގައި އަޅުވައިގެން ވާހަކަ ދައްކާ މީހުން ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި، މި ވަގުތަށް ބަލާއިރު ވެސް ފެންނަން އޮތް އެއް ކަމަކީ، 99 ޕަސެންޓް ކުޅުންތެރިންނަށް މެސީ ކުރާ ބައެއް ކަންކަން ނުކުރެވުންކަން އިބްރަހިމޮވިޗް ފާހަގަކުރި އެވެ.
ކްލަބް ވޯލްޑް ކަޕް ކަހަލަ މުބާރާތެއްގައި ކުރިއަށްދިއުމަށް ބޭނުންވާ ރޭވުންތެރިކަން އިންޓަ މިއާމީގެ ކޯޗު، އާޖެންޓީނާގެ ހަވިއޭ މަޝެރާނޯގެ ފަރާތުން ނުފެންނަ ކަމަށް އިބްރަހިމޮވިޗް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ