އެމެރިކާ ޕާޓީގެ ނަމުގައި މަސްކް ސިޔާސީ ޕާޓީއެއް އުފައްދަނީ އެމެރިކާ ޕާޓީގެ ނަމުގައި މަސްކް ސިޔާސީ ޕާޓީއެއް އުފައްދަނީ

ވޮޝިންޓަން، އެމެރިކާ (ޖުލައި 5) - އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭނަށް އެންމެ ގިނައިން ހަރަދުކުރި ބިލިއަނަރު އީލޮން މަސްކް "އެމެރިކާ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފި އެވެ.
މިއީ ހުކުރު ދުވަހު ރައީސް ޓްރަމްޕް ތަންފީޒު ކުރެއްވި ގާނޫނަކާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އޭނާ އުފައްދަން ނިންމި ޕާޓީއެކެވެ.
އެ ބިލާ ގުޅިގެން އެމެރިކާގެ ދަރަނި ފަސް ޓްރްލިއަން ޑޮލަރުން އިތުރުވާނެ ކަމަށް މަސްކް ދެކެ އެވެ.
މި ނިންމުމަށް ރައީސް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފަ އެވެ. އެމެރިކާގައި އޮތީ ދެ ސިޔާސީ ޕާޓީ ކަމަށާއި ތިންވަނަ ޕާޓީއަކަށް ފުރުސަތު ނުލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އަންނަ އަހަރު އޮންނަ ކޮންގްރެސް އިންތިހާބުގައި ޓްރަމްޕްގެ ބިލަށް ވޯޓު ދެއްވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެމެރިކާ ޕާޓީއިން ނުކުންނާނެކަން މަސްކް ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ