މާލޭގެ ގްރީން ޒޯން ހިމެނޭހެން މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބޮޑު ސަރަހައްދެއްގައި ޕާކް ކުރުން މަނާކޮށް މިހާރު އެތަންތަނުގައި ބަހައްޓާފައި ހުރި އުޅަނދުތައް ހުސްކުރަން ފުލުހުން އަންގައިފި އެވެ.
ވީކިހިނެއް؟ - ފުލުހުން އެންގީ މާދަމާ އިރުއޮއްސި 6:00 ޖެހުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށެވެ. އެ ގޮތުން:
އެ ގަޑީގެ ފަހުން އެ ސަރަހައްދުގައި އުޅަނދުތައް ފުލުހުން ގޮސް ނަގައި، އެ ސަރަހައްދުން ބޭރަށް ބަދަލުކުރާނެ
ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް އޮންނަ އުސޫލުގެ ތެރެއިން ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ
ތަފްސީލް - ފުލުހުން ހިއްސާކުރި ޗާޓުގައި ހިމެނޭ މުހިންމު ތަންތަނަކީ:
ސަލްޓަން ޕާކް
ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހިމެނޭ ގްރީން ޒޯން
ފޮރިން މިނިސްޓްރީ
ޕާކިން ހުސްކުރުމަށް އެންގި ސަރަހައްދު:
ފާހަގަކޮށްލެވޭ - އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އަހަރުތަކެއް ވަން ދެން އޮތުމަށް ފަހު ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965ގަ އެވެ. މި އަހަރަށް 60 އަހަރު ފުރޭތީ މިނިވަން ދުވަސް ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަ އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ސިޔާސީ އަދި ގާރިޖީ ގުޅުން ގާއިމުކުރިތާ ވެސް 60 އަހަރު ފުރޭނެ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ޕާކް ކުރުން މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ