މިމަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ޒަޚަމްކޮށްލުމުގެ ސަބަބުން މަރުވި، އެރަށު އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ފަހު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޕޯސްޓްމޯޓަމް ހަދަން އަބްދުއްރަޙްމާންގެ ހަށިގަނޑު ފޮނުވީ އިންޑިޔާގެ ތްރިވަނަންތަޕޫރަމް އަށެވެ. ފުލުހުން ބުނީ މިއަދު ހަށިގަނޑު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. މިވަގުތު އަދި އޮތީ ގަލޮޅު މޯޖަރީގަ އެވެ.
ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެ ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ހަށިގަނޑު މާލެ ގެނެސްފައިވަނީ އެ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް ވަނީ ތަހުގީގު ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.
ޕޯސްޓްމޯޓަމަށް ފަހު އަބްދުއްރަހްމާންގެ ހަށިގަނޑު ރާއްޖެ ގެނެސްފި، މިވަގުތު މޯޖަރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ