އެއް އަހަރާއި އަށް މަސްތެރޭ ރާއްޖޭގެ ހުރިހާ ކައުންސިލަކާ ރައީސް ބައްދަލުކުރައްވައިފި
މިއަދު ނ. ވެލިދޫ ކައުންސިލްއާ ބައްދަލުކުރެވުމުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްއާ ބައްދަލުކުރެވުނީ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.އެ މަނިކުފާނު މިވަގުތު ހުންނެވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައެވެ.މިއަދުގެ ނިޔަލަށް އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފައެވެ. އެންމެ ފަހުން އެމަނިކުފާނު ބައްދަލުކުރެއްވީ ނ. ވެލިދޫ ކައުންސިލާއެވެ.މިދިޔަ އަހަރުގެ ޑިސެމްބަރު 15ގައި ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ."ވެލިދޫ ކައުންސިލުން ނިންމީ ވެލިދޫއަށް އަޅުގަނޑު އައިމައޭ ބައްދަލުކުރާނީ. މިހާރު މި އޮތީ ބައްދަލުކުރެވިފައި. މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާ ބައްދަލުކޮށް މި ނިމުނީ،" ރައީސް ވިދާޅުވި އެވެ.އަދި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިނުގަނެވޭކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ގިނަ ރަށްރަށުގެ ކައުންސިލާ މިހާތަނަށް ބައްދަލުކުރެވުނީ ވެސް އެ ރަށަކަށް އެމަނިކުފާނު ވަޑައިގެން ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ