ކައިވެނީގައިވެސް ބަލިވެއިނުމުންވެސް އެންމެ ބޮޑަށް ބޭނުންވަނީ ﷲ ގެ ރަޙްމަތް- ކައިވެންޏާ ބަލިވެއިނުމާއި ގުޅުވައިގެން މުންކަރާތަށް އަރައިގަނެވޭތީ ޝައިޚް ޝާފިޢުގެ ނަޞީޙަތް!

"ކައިވެނިކުރުމުގެ ކުރިން ބާއްވާ އެކިއެކި ޙަފްލާތަކާއި މާބަނޑުއިރު އެކިއެކި ނަންނަމުގައި ބާއްވާ ޙަފްލާތަކާއި މިކަންކަމަކީ މިފަހަކަށް އައިސް ހިންދީ ޑްރާމާތަކުން ބައަކު އަހުރެމެންގެ ބައަކު އަހުރެމެންގެ ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ، އަހުރެމެންގެ ދީނުގައި އަދި ދިވެހިރާއްޖޭގެ ޘަޤާފަތުގައިވެސް ނެތް، ވަރަށް ގިނަ ފަހަރު މުންކަރާތްތަކާއި އިސްރާފްތައް ހިމެނިގެންވާ ކަންކަމަށްވާތީ މިފަދަ ކަންކަމުން ދުރުހެލިވުން އަޢުލާކަން ބޮޑުވެގެންވާ ކަމުގައި ފެނެއެވެ."
- ޝައިޚް މުޙައްމަދު ޝާފިޢު
ކައިވެނިކުރަނީވެސް ކައިވެނީގައި ބަރަކާތް ލެއްވެވުން އެދިގެން ތިބޭ ޙާލުގައެވެ. ބަލިވެ އިނުމުން ﷲ ތަޢާލާގެ ރަޙްމަތަށް މާބޮޑަށް އެދެންޖެހެއެވެ. އަންހެނާއަށާއި ދަރިފުޅަށް ރަނގަޅު ޞިއްޙަތަކަށެވެ. ނުރަކަލެއް ކުރިމަތިނުވެ ވިހެއުމުގެ ކަންކަން ފަސޭހަކޮށް ދެއްވެވުމަށް އެދެންޖެހެއެވެ. 
މިފަދަ ޙާލަތުގައި ދީނުގައި ނެތް ކަންކަން އަމިއްލައަށް އުފައްދައިގެން ކުރުންފަދަ މުންކަރާތަކަށްވާނެ ކަންކަން ކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ 
ދުނިޔަވީ މިޘާލަކަށް ބަލާނަމަވެސް މީހެއްގެ ގާތުން ކަމަކަށް ބޭނުންވެގެން ހުރެ އެމީހާ ރުޅިއަންނާނެ ކަންކަމެއް ނުކުރާނެއެވެ. ކުރާނީ އޭނާ ރުހޭނެ ކަންކަމެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ރަޙްމަތަށް އިންތިހާއަށް ބޭނުންވެގެން ތިބެ މުންކަރާތަކަށްވާނެ ކަންކަން ކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ 
ޝައިޚް ޝަފީޢުގެ ބަސްފުޅު:
https://www.facebook.com/photo?fbid=1311825117172889&set=a.228602875495124
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ