ބަލި މީހުންނަށް މަރުހަބާ ކިޔައި، މަގު ދައްކަން މުވައްޒަފުން ހޯދަނީ

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސް އަށް ދާ ބަލިމީހުންނާއި އެ މީހުންގެ އެހީތެރިންނަށް މަރުހަބާ ކިޔައި، އެހީތެރިވުމަށް ހާއްސަ ވަޒީފާއެއް އުފައްދައި، އެ ވަޒީފާ އަށް 55 މީހަކު ހޯދަން އައިޖީއެމްއެޗުން އިއުލާންކޮށްފި އެވެ.މައި ހޮސްޕިޓަލް, އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ 55 މީހުން ހޯދަނީ ދަރުމަވަންތަ ހޮސްޕިޓަލާއި, އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސަސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަން ކަމަށެވެ.އެ ވަޒީފާގެ މަސްއޫލިއްޔަތުތައް:ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް މަރުހަބާ ކިޔައި, މަގު ދެއްކުންބަލި މީހުންނަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުންޚިދުމަތް ހޯދަން އަންނަ މީހުންނަށް މައުލޫމާތު ދިނުންމީހުންގެ ހިޔާލު ހޯދައި ތަޖުރިބާތައް މޮނީޓާ ކުރުންއޯގާތެރިކަމާއެކު ޚިދުމަތް ދިނުންމި މަގާމުގެ ޝަރުތަކީ ގްރޭޑް 10 އެއް ނިންމައިފައިވުން ނުވަތަ ގްރޭޑް ހަތެއް ނިންމުމާއެކު ގުޅޭ ދާއިރާއިން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.މި ވަޒީފާއަށް ހޮވާ މީހުންނަށް ދޭ މުސާރައިގެ އެއްވެސް ތަފުސީލެއް އިއުލާނުގައި ހިމަނާފައެއްނުވެއެވެ.ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން ސީވީ އާއި އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓުތަކާއި ވަޒީފާގެ ތަޖުރިބާގެ ސިޓީތައް ހުށަހަޅަން ޖެހެނީ hr@dharumavantha.gov.mv އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ