މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 'މީޑިއާ ކޮންޓްރޯލު ކުރާ ބިލު' އާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓުކޮށް ގިނަ ނޫސްވެރިން ނިކުމެއްޖެ އެވެ.
ވީ ކިހިނެއް؟ - މީޑިއާ ކޮންޓްރޯލު ކުރާ ބިލު މަޖިލީހުން ބޭރުކުރަން ނޫސްވެރިން އަންނަނީ ގޮވާލަމުންނެވެ.
ތަފްސީލް - ނޫސްވެރިންގެ ޑިމާންޑަކީ ނޫސްވެރިންނާއި މީޑިއާގެ ކޮންޓްރޯލު ސަރުކާރަށް އޮންނަ ގޮތަށް އަދި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދިޔުމެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބިލަށް އިސްލާހުތައް ގެނެސް ބިލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުން ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލުން ލައިވް ކުރަމުން ގޮސް ވަކި ހިސާބަކުން ލައިވް މެދުކަނޑާލި އެވެ. ބައެއް ޓީވީ ޗެނަލް ތަކުން ލައިވް ކުރި އެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ބިލު ބޭރު ކުރަން ގޮވާލައިފަ އެވެ.
ބިލު އިސްލާހު ކުރަން ތާއީދު ނުކުރާކަން ހާމަކޮށް، ޕްރެސްގަައި ބައިވެރިވި ގިނަ ނޫސްވެރިން ވަނީ ބައްދަލުވުން ދޫކޮށް ނިކުމެފަ އެވެ.
އިއްޔެ ދައުރުން ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު މަޖިލީހަށް ބަނީ ބަލައިގަނެފަ އެވެ. އެ ބިލު މި މަހުގެ 15 ގެ ކުރިން ނިންމަން މިއަދު އޮތް މިނިވަން މުވައްސަސާ ތަކުގެ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.
މަޖިލީހުގައި މިހާރު އޮތް ބިލާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަނިކޮށް މިއަދު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި އެ ޑްރާފްޓާ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
ބަންޑާރަނައިބު ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކުމުން ނޫސްވެރިން ޕްރެސް ބޮއިކޮޓްކޮށް ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ