ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާ ދެނީ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާ ދެނީ

ސިނަމާލެ ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި މިއަދު އިރުއޮއްސުނުއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ 24 އަހަރުގެ އަންހެނަކަށް ކަމަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ހައިވޭގެ ހަތަރު ލޭން ހިމެނޭ ހިސާބުގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ 18:39 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލު ދުއްވި އަންހެން މީހާގެ ބޮލަށް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
މީގެއިތުރުން ސައިކަލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާއިރު ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދުތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ