މިދިޔަ އަހަރު 5.8 ބިލިއަން ޑޮލަރު ވަން އިރު، 7.4 ބިލިއަން ޑޮލަރު ބޭރުވި މިދިޔަ އަހަރު 5.8 ބިލިއަން ޑޮލަރު ވަން އިރު، 7.4 ބިލިއަން ޑޮލަރު ބޭރުވި

ނިމުނު އަހަރުގެ ތެރޭގައި ބޭންކުތަކާއި ޕޭމަންޓު ހިދުމަތް ފޯރުކޯށްދޭ ވިޔަފާރިތައް މެދުވެރިކޮށް ރާއްޖެއަށް 5.8 ބިލިއަން ޑޮލަރު ވަން އިރު، 7.4 ބިލިއަން ޑޮލަރު ބޭރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޕޭމަންޓް ބުލެޓިން ރިޕޯޓުން ދައްކައިފި އެވެ.
އެމްއެމްއޭއިން ނިމުނު ހަފުތާގެ ތެރޭގައި އާންމުކޮށްފައިވާ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އައުޓްވާޑް ރެމިޓިން ކަންޓްރީ (ވަންނަ ފައިސާއަށް ވުރެ ބޭރުވާ ފައިސާ ގިނަ ގައުމު) އެއްގެ ގޮތުގައި ޒަމާނުއްސުރެން އޮންނަ އޮތުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ބޭންކުތަކާއި ޕޭމަންޓު ހިދުމަތްތަކުން ވަނީ 13.2 ބިލިއަން ޑޮލަރުގެ އަގުހުރި، 1.2 މިލިއަން ރެމިޓަންސް މުއާމަލާތް ހިންގާފަ އެވެ. މީގެ ތެރެއިން ބޭރަށް ފައިސާ ފޮނުވުމުގެ 98 ޕަސެންޓު މުއާމަލާތްތައް ހިންގީ ބޭންކުތައް މެދުވެރިކޮށެވެ. އަދި ވަން ފައިސާގެ 89 ޕަސެންޓު މުއާމަލާތްތައް ހިންގީ ބޭންކުތައް މެދުވެރިކޮށެވެ.
ބޭންކުތައް ނޫން ޕޭމަންޓު ހިދުމަތްތައް މެދުވެރިކޮށް ހިންގި 127،000 މުއާމަލާތުގެ އަގު 158.4 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެ ތެރެއިން 98 ޕަސެންޓަކީ ބޭރަށް ފޮނުވި ފައިސާ އެވެ. އެންމެ ގިނައިން ފައިސާ ފޮނުވީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.
ގައުމުން ބޭރަށް ފޮނުވި ފައިސާ އިތުރުވީ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނީ، މިއީ ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ނުރަސްމީ ގޮތްގޮތުން ފައިސާ ފޮނުވުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ފައިސާ ބޭރުކުރީ ވެސް ބަންގްލަދޭޝްއަށެވެ. އެ ގައުމަށް ފޮނުވި ފައިސާގެ އަދަދު 112 މިލިއަން ޑޮލަރަށް އަރަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަން ފައިސާއަށް ވުރެ ބޭރު ކުރި ފައިސާ ގިނައިރު، ލިބޭ ޑޮލަރަށް ވުރެ ހަރަދުކުރާ ޑޮލަރު ގިނަ މައްސަލައަކީ، މަރުކަޒީ ބޭންކުން ގަބޫލުކުރާ ގޮތުގައި، ޒަމާނުއްސުރެން އޮތް ޑޮލަރު ތާށިކަމުގެ މައްސަލައިގެ އަސްލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ