ހަ ރަށެއްގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމުގެ އެކި މަސައްކަތްތައް 23 މިލިއަން ރުފިޔާ އަށް އަމިއްލަ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަސައްކަތްތައް ހަވާލުކުރީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލް - ހެލްތު މިނިސްޓްރީ އިން ބުނީ މި މަސައްކަތްތަކުގެ ތެރޭގައި އާ އިމާރާތްތައް އެޅުމާއި ބައެއް އިމާރާތްތަކުގެ ޖާގަ ބޮޑުކުރުން ވެސް ހިމެނޭ ކަމަށެވެ.
މިއަދު ސޮއިކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:
ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ޕާފެކްޓް މަލަފެހި ކުންފުންޏާ ހަވާލުކުރީ ހއ. ވަށަފަރު އާއި ހއ. ތުރާކުނު ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތެވެ. އެގޮތުން:
ވަށަފަރު ސިއްހީ މަރުކަޒުގައި
ވޯޑަކާއި ޕްރައިވެޓް ރޫމު
ލެބޯޓްރީ
ނާސް ސްޓޭޝަން
ޕްރޮސީޖާ ރޫމް
ގަރާޖު އަދި ސްޓޯ ރޫމް
4.8 މިލިއަން / 210 ދުވަހުގެ ތެރޭގައި ނިންމުމަށް
މި މަސައްކަތުގެ ޖުމްލަ އަގަކީ 4.8 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގަ އެވެ.
ތުރާކުނު ސިއްހީ މަރުކަޒުގައި
އޮފީސް
މީޓިން ހޯލް
ޕަބްލިކު ހެލްތު އޮފީސް
ސްޓޯރު
ލޯންޑްރީ
ށ. ޅައިމަގު ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ އީކޮން މޯލްޑިވްސް އަށެވެ.
އެ މަސައްކަތުގެ ދަށުން
ވޯޑަކާއި ޕްރައިވެޓް ރޫމް ހަދާނެ
ލެބޯޓްރީ އަދި ނަރުހުންގެ ޖާގަ
ޕްރޮސީޖާ ރޫމް
ގަރާޖު އަދި ސްޓޯ ރޫމް
މި މަސައްކަތް 4.8 މިލިއަން ރުފިޔާއަށް ހަވާލުކުރީ 180 ދުވަހުން ނިންމާ ގޮތަށެވެ.
ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ ސަމާލު ކޮންސްޓްރަކްޝަން އާއެވެ. އެ އެއްބަސްވުމުގެ ދަށުން:
މަގޫދޫގައި:
ވޯޑާއި ލެބޯޓްރީ
ނާސް ސްޓޭޝަން
ޕްރޮސީގާ ރޫމް
ލޯންޑްރީ އަދި ސްޓޯ ރޫމް
މި މަސައްކަތް ހަވާލު ކުރީ 180 ދުވަހުން ނިންމާ ގޮތަށް 4.8 މިލިއަން ރުފިޔާ އަށެވެ.
ބިލެތްދޫގައި
ވޯޑާއި ލެބޯޓްރީ
ނަރުހުންގެ ޖާގަ
ލޭބާ ރޫމް
ސްޓޯ ރޫމް
މި މަސައްކަތް 4.3 މިިލިއަން ރުފިޔާއަށް ހަވާލު ކުރީ 180 ދުވަހުން ނިންމާ ގޮތަށެވެ.
ދަރަނބޫދޫގައި
ވޯޑާއި ޕްރައިވެޓް ރޫމް
ލެބޯޓްރީ
ނަރުހުންގެ ޖާގަ
ޕްރޮސީޖާ ރޫމް
ގަރާޖާއި ސްޓޯ ރޫމް
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 4.8 މިލިއަން ރުފިޔާއަށް 210 ދުވަހުން ނިންމާ ގޮތަށެވެ.
ފާހަގަކުރެވޭ - އެކި ރަށްރަށުގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން އާ އިމާރާތްތައް އަޅަން ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން މިހާރު ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ހަ ރަށެއްގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރަން ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ