ރައީސް މުއިއްޒަކީ މާ ދީނަށް ކަމޭހިއްތަވާ ދީންވެރި ބޭފުޅެއްކަން ދައްކަވަން އުޅުއްވާނެ ކަމެއް ނެތްކަމަށް އަކުރަމް ކަމާލުއްދީން ވިދާޅުވެއެވެ. ރައީސް މުއިއްޒު މާ ދީނަށް ކަމޭހިއްތަވާ ދީންވެރި ބޭފުޅެއްކަން ދައްކަވަން ޒާތްޒާތުގެ ވާހަކާ ދެއްކެވީމާ ވިދާޅުވަން ޖެހޭނީ ހަމަ ރައީސް މުއިއްޒު ވިދާޅުވާހެން " ކާކަށްތޯ ތި އޮޅުވާލަން މަސައްކަތް ކުރައްވަނީ. ގައިމުވެސް ހެއްދެވި ފަރާތަކަށް އޮޅުވައެއް ނުލެއްވޭނެ." ކަމަށެވެ.
ރައީސް މުއިއްޒުވެސް އޮޅުވާލައްވަނީ އަމިއްލަ ނަފުސަށް ކަމަށް އަކުރަމް ވިދާޅުވެއެވެ. އެގޮތުން ރައީސް މުއިއްޒު ހިންގަވާފައިވާ ބައެއް ކޮރަޕްޝަންގެ ވާހަކަތައް އަކްރަމް ހަނދުމަފުޅުކޮށް އަރުވައެވެ.
ރައީސް މުއިއްޒު މަލޭ ސިޓީ ގެ މޭޔަރު ކަމުގައި ހުންނެވި އިރު ރިޝްވަތުގެ ފައިސާ ނަންގަވައިގެން މީސް މީހުންނަށް ކިތައް ޕާރކިންގ ޖާގަ މާލޭން ދެއްވިތޯ ސުވާލުކުރެއްވިއެވެ. އިހަށް ދުވަހު އަކުރަމަށް މީހަކު ކިޔާދިން ގޮތުގައި އޭނާގެ ރަށްޓެއްސަކު ޖާގަ ހޯދަންވެގެން އެމީހަކު އަތުން ފައިސާ ގެންގޮސް މޭޔަރ މުއިއްޒު އަތަށް ފައިސާ ދީގެން ޕާކިން 2 ޖާގަ ހޯދާފަިވާކަމަށް އަކުރަމު ވިދާޅުވެއެވެ.
ރިޝްވަތު ނަންގަވައިގެން ބިން ކުއްޔަށް ދީފައިވާ މުއްދަތު ގަވައިދާ ހިލާފަށް އިތުރު ކޮއްދެއްވީ ކިތައް ބިމުގެތޯ އަކުރަމު އައްސަވައެވެ. ގަވައިދާ ހިލާފަށް މުއްދަތު އިތުރުކުރި ބިންތަކުގެ ތެރެއިން ބިމެއްގެ މުއްދަތު އިތުރުކުރުމަށް މޭޔަރު މުއިއްޒަށް ރިޝްވަތު ފައިސާ ދީގެން މުއްދަތު އިތުރުކުރި މީހެއްގެ ވާހަކަ އަކްރަމް ފާހަގަ ކުރައްވައެވެ. ބިމުގެ މުއްދަތު އިތުރުކުރަން ރިޝްވަތުގެ ގޮތުގައި މުއިއްޒަށް އެމީހަކު ފައިސާދިނީ މުއިއްޒުގެ ރިޝްވަތު ޖަރީމާތައް ހިންގުމަށް އޭރު އުޅުނު 3 މީހުން ގެ ތެރޭން އެކެއްގެ އަތަށެވެ. އެ މީހަކީ މިހާރު ރައްޔިތުންގެ މަޖިލިސް ގެ މާލޭ ދާއިރާ އެއްގެ މެމްބަރެއް ކަމަށް އަކުރަމް ވިދާޅުވިއެވެ. އޭނާ މެދުވެރިކޮށް މުއިއްޒަށް އެ ރިޝްވަތު ލިބުމުން އެދުނު ގޮތަށް އެ ބިމުގެ މުއްދަތު އިތުރު ވެގެން ދިޔަކަން ފާހަގަވެއެވެ.
ކްލިނިކެއް ހެދުމަށް އަމިއްލަފުޅު ފައިކޭޓަށް ރުފިޔާ ލައްވާފައި މަލޭގެ ބިމެއް ދެއްވުމަށް ނުނިންމަވަންތޯ މުއިއްޒާ އަކުރަމް ސުވާލު ކުރައްވައެވެ. އަދި ރައީސް ކަމަށް އިންތިހާބް ވި ތަނާހެން އެ ފަރާތާ ގުޅުއްވާފައި އަދި އެބިމާ ޖެހިގެން އޮތް ހުސްތަން ކޮޅެއް އެބިމަށް އިތުރު ކޮއްދެއްވިދާނެ ކަމަށާ އިތުރަށް ރުފިޔާ ދޭން ވިދާޅުނުވަމުތޯ އަކުރަމް އައްސަވައެވެ.
" މިހާރު (ރައީސް މުއިއްޒު) ތިޔަ ކުރައްވާ ވައްކަންތަށް ވަނީ މެކުހަށް ޖަހާފައި. އަމިއްލަ ފައިކޭޓަށް ތި ޕަކަޅާ ކުރައްވަމުން ގެންދަވަނީ ދައުލަތަށް ލިބޭ ޓެކްސް ޕޭޔަރުންގެ ފައިސާ އާއި އެހެނިހެން ޕްރޮޖެކްޓް ތަކުން ނަންގަވާ ރިޝްވަތުގެ ފައިސާ" ކަމަށް އަކުރަމް ކަމާލުއްދީން ވިދާޅުވިއެވެ.
"މިހިރަ ކަންތައްތައް ކާކަށްތޯ ތި އޮޅުވާލެއްވީ ގައިމުވެސް ހެއްދެވި ފަރާތަކަށް އޮޅުވައެއް ނުލެއްވޭނެ ދެއްތޯ. ދެން ހަމަ ބުނަން ވީތޯ ތިބޭޅާ އަކީ ދީނަށް ލޯބި ކުރައްވާ ދީންވެރި މާތް އަޚްލާގެއްގެ ވެރިއެކޭ" ރައީސް މުއިއްޒަށް ނިސްބަތްކުރައްވާ އަކުރަމް ވިދާޅުވެއެވެ. ރައީސް މުއިއްޒު އއ.އުކުޅަހު ރައްޔިތުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯ ކްލިޕަކާއެކު އެކްސްގައި އަކުރަމް ކަމާލުއްދީން ކުރެއްވި ޕޯސްޓް ނިންމަވާ ލައްވަމުން ވިދާޅުވީ " މިކަހަލަ ސްޕީޗް ދެއްވީމާ މީހުން ބުނާނީ ތިއީ ބޮޑު މުނާފިޤް އެކޭ! ކައްޒާބް އެކޭ!" އެވެ.
މީހުން ބުނާނީ މުއިއްޒަކީ ބޮޑު މުނާފިގެކޭ! ކައްޒާބެކޭ! : އަކުރަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ