ޝަރީފް ބަލިކޮށް ކެލާ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ޣާލިބަށް

ޣާލިބް، އެ ދާއިރާގެ ޓިކެޓް ހޯއްދެވީ މިހާރުގެ މެންބަރު އިބްރާހިމް ޝަރީފްއާ ވާދަ ކުރައްވައެވެ. ކެލާ ދާއިރާ ގައި ހިމެނެނީ އެ ރަށުގެ އިތުރުން ފިއްލަދޫ އާއި ވަށަފަރެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ކެލާ ދާއިރާއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް، އަހްމަދު ޣާލިބް ހޯއްދަވައިފި އެވެ.
ޣާލިބް، އެ ދާއިރާގެ ޓިކެޓް ހޯއްދެވީ މިހާރުގެ މެންބަރު އިބްރާހިމް ޝަރީފްއާ ވާދަ ކުރައްވައެވެ. ކެލާ ދާއިރާ ގައި ހިމެނެނީ އެ ރަށުގެ އިތުރުން ފިއްލަދޫ އާއި ވަށަފަރެވެ. ޝަރީފް ނިސްބަތް ވަނީ ކެލަ އަށެވެ. ޣާލިބް ނިސްބަތް ވަނީ ވަށަފަރަށެވެ.ފިއްލަދޫ ފޮށިން ޣާލިބު ވަނީ 40 ވޯޓް ހޯއްދަވާފައެވެ. ޝަރީފަށް ލިބިވަޑައިގަތީ 18 ވޯޓެވެ. ކެލާ އިން ޝަރީފް ވަނީ 63 ވޯޓް ހޯއްދަވާފައެވެ. ޣާލިބަށް ލިބިވަޑައިގަތީ 37 ވޯޓެވެ.ވަށަފަރުން ޣާލިބު ވަނީ 31 ވޯޓް ހޯއްދަވާފައެވެ. ޝަރީފަށް ލިބިވަޑައިގަތީ 8 ވޯޓެވެ. މާލޭ ގައި ބެހެއްޓުނު ވޯޓްފޮށިން ޣާލިބު ވަނީ 57 ވޯޓް ހޯއްދަވާފައެވެ. ޝަރީފަށް 51 ވޯޓް ލިބިވަޑައިގަތެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ