ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ

ސިފައިންގެ ހިދުމަތުން ވަކިވާއިރު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ރިޓަޔަވާ ސިފައިންނަށް ކަށަވަރުކޮށްދިނުމަށް ޓަކައި ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފައިވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.ޣައްސާން މިހެން ވިދާޅުވީ ގައުމީ ދިފާއީ ބާރާ އަލަށް ގުޅޭ ސިފައިން ތަމްރީންކުރަން ހިންގާ އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.މިއަދު ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި، ޣައްސާން ވަނީ ލަޝްކަރު ބަލައި ފާސް ކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ސިފައިންނަށް އިނާމް ހަވާލުކޮށްދެއްވައިފަ އެވެ.ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅުގެ ދަށުން އެއްގަމާއި ކަނޑާއި ވައިގެ ހަތިޔާރާއި ވަސީލަތް ސިފައިންނަށް ހޯދައިދެއްވުމުގެ އިތުރުން ސިފައިންނަށް ބޭނުންވާ ފަރުދީ ކަންކަން ވެސް ހާސިލްކޮށްދިނުން ކަމަށް ޣައްސާން ވިދާޅުވި އެވެ."ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުންވާ ކުދިން މެޑިސިންގެ ސްކޮކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމުގެ މަސައްކަތް ރައީސް ވަނީ ފަށްޓަވާފައި،" ޣައްސާން ވިދާޅުވި އެވެ.ސްކޫލް ނިމިގެން ސިފައިންގެ ހިދުމަތަށް ނިކުންނަ ކުދިން ސިފައިންގެ ސްކޮލާޝިޕްގައި ބޭރުން ކިޔަވައިގެން އައިސް، ސިފައިންގެ ހިދުމަތުގެ ތެރެއިން ގައުމަށް ހިދުމަތް ކުރަމުން ހަރަފަތަކަށްފަހު ހަރުފަތެއް ގިރާކޮށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލުގައި ރިޓަޔާ ކުރެވޭނެ ފުރުސަތު އޮންނާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.ޣައްސާން ވިދާޅުވީ ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކުން އަސްކަރީ ނޫން ގައުމަށް ފައިދާ ހުރި ދާއިރާތަކުން ކުރިއަށް ދެވޭނެ ފުރުސަތު ހޯދައިދެއްވުމަށް ރައީސް މުއިއްޒު ދަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން މިދިޔަ 28 އޮކްޓޫބަރުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި އަސާސީ ތަމްރީން ކޯހުން 98 ދަރިވަރުން މިއަދު ވަނީ ފާސްވެފަ އެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި ނުވަ އަންހެން ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ