ޒިކުރާ މިސްކިތުގެ އާ އިމާރާތް މި އަހަރު ފަށަނީ

މާލޭގެ ޒިކުރާ މިސްކިތުގެ އާ އިމާރާތުގެ މަސައްކަތް މި އަހަރުތެރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވަނީ އާ މިސްކިތް ހުންނާނެ ގޮތުގެ ކުރެހުމެއް ވެސް ހިއްސާކުރައްވައިފަ އެވެ.
"މިސްކިތުގެ އަމަލީ މަސައްކަތް މި އަހަރުތެރޭ އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ." ޝަހީމު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި ތިން ބުރީގެ މިސްކިތެއް އަޅަން ކުރީން ވެސް އެ މަސައްކަތް ހަވާލުުކުރި އެސްޖޭއާ އެކީ މި އަހަރުގެ ޖެނުއަރީ 24 ގައި އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އޭރު މިނިސްޓްރީން ބުނީ އެއްބަސްވީ އެސްޖޭގެ ސޯޝަލް ސާވިސް އިނީޝިއޭޓިވްގެ ދަށުން އެ މަޝްރޫއަށް ހަރަދު ކުރާ ގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ