ނަމުން އިންޑިއާ އައުޓްކޮށްފައި ގެނައީ ކޮންބައެއްކަން އެނގޭތަ!

އިންޑިއާސިފައި ތިބެގެން ފަޔަށް ހިނިއަރައިގެން ވެރިކަން ހޯދި މުއިއްޒު އިންޑިއާ ސިފައިން ބާލާފާ ހެލްކޮޕްޓަރ ދުއްވަން މިގެނައީ ކޮން ކަހަލަ މަދަނީންނެއް ހެއްޔެވެ. ހަގީގަތުގައިވެސް ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ މަދަނީން ހެއްޔެވެ. 
ސަރުކާރުގެ ރަސްމީ އޮނިގަނޑުގެ ތެރެއިން ވިޔަފާރި ނުކުރެވޭތީ ކޮންމެ ދައުލަތަކުން ވެސް ސަރުކާރުގެ ކުންފުނިތައް ހަދައިގެން ވިޔަފާރި ކުރެއެވެ. ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާގައި ހިންގާ ކުންފުނިތަކާ ސަރުކާރާ އެއްވެސް ތަފާތެއް ނޯވެއެވެ. 
އިންޑިއާއަކީ ވައިގެ އުޅަނދު އުފެއްދުމުގެ ގާބިލުކަން ލިބިފައިވަ ގައުމެކެވެ. ވައިގެ އަސްކަރީ އުޅަނދު ފަހަރު އުފެއްދުމުގެ ގާބިލުކަން އިންޑިއާއަށް ލިބިފައިވެއެވެ. އެހެން ކަމުން އެގައުމުގެ ބޭނުމަށް އުފައްދަންވާ ވަރަށް އުފައްދަމުން ސަރުކާރު ނޫން އަމިއްލަ ކުންފުނިތަކާއި އެހެން ގައުމުތަކާއެކު މަދަނީ އަދި އަސްކަރީ ވައިގެ އުޅަދުގެ ވިޔަފާރި ކުރުމުގެ ބޭނުމުގައި "ހަލް" ހިންގިޔަސް "ހަލް"އަކީ އިންޑީއާ އަސްރިއްޔާގެ ބައެއް ނޫން ކަމަކަށް ނުވާނެއެވެ.  
އާންއެކެވެ. ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ ހިންދުސްތާނު ދައުލަތުގެ ވައިގެ އުޅަދު ފަހަރާއި ސަލާމަތީ އުޅަދު ފަހަރު އުފައްދާ ހިންގާ ބަލަހައްޓާ ކުންފުންޏެވެ. އިންޑިއާގެ ހަނގުރާމަމަތީ ވައިގެ އުޅަނދު ފަހާރާއި ޖާސޫސީ ވައިގެ އުޅަދުފަހަރު އުފައްދަނީވެސް ހަލް އިންނެވެ. ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް) އަކީ މައި އޮފީސް ބެންގަލޫރުގައި ހުންނަ ސައްތައިން ސައްތަ އިންޑިއާ ސަރުކާރުގެ (ދައުލަތުގެ) ކުންފުންޏެކެވެ. 23 ޑިސެމްބަރ 1940 ގައި އުފެދުނު އެޗް.އޭ.އެލް އަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް އެއަރޮސްޕޭސް އާއި ދިފާއު އުފައްދާ އެއް ކުންފުންޏެވެ.
އެޗްއޭއެލް އިން މަތިންދާބޯޓު އުފައްދަން ފެށީ 1942 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާގެ ވައިގެ ސިފައިންނަށް ހާރލޯ ޕީސީ-5އާއި ކަރޓިސް ޕީ-36 ހޯކް އާއި ވަލްޓީ އޭ-31 ވެންޖަންސް އުފެއްދުމުގެ ލައިސަންސް ލިބިގެންނެވެ. 4 ޕްރޮޑަކްޝަން ޔުނިޓެއްގެ ދަށުން 11 ހާއްސަ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް (އާރްއެންޑްޑީ) ސެންޓަރާއި 21 މެނުފެކްޗަރިންގ ޑިވިޒަން މުޅި އިންޑިއާގައި ފެތުރިފައިވެއެވެ.
އެޗްއެފް-24 މާރޫތު ފަޔަރ-ބޮމްބަރ އަކީ އިންޑިއާގައި އުފެއްދި ފުރަތަމަ ހަނގުރާމަ މަތިންދާބޯޓެވެ. އެޗްއެފް-24 މާރޫތު ފަޔަރ-ބޮމްބަރ އަކީވެސް "ހަލް"ގެ އުފެއްދުމެކެވެ.
އެޗް.އޭ.އެލް (ހަލް) ހިންގަނީ އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ރައީސް އައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. އެޗް.އޭ.އެލް (ހަލް) މިހާރު ބޮޑަށް ހަރަކާތްތެރިވަނީ ފަޔަރ ޖެޓާއި ހެލިކޮޕްޓަރާއި ޖެޓް އިންޖީނާއި މެރިން ގޭސް ޓަރބައިން އިންޖީނު ޑިޒައިންކޮށް އުފެއްދުމާއި އެވިއޮނިކްސްއާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި ސްޕެއަރ ސަޕްލައި ކުރުމާއި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް އޯވަހޯލްކޮށް އަޕްގްރޭޑް ކުރުމުގައެވެ. ހަލްއާއި ގުޅޭގޮތުން މިއީ އާއްމުކުރެވިފައި ހުރި މައުލޫމާތެވެ. ޖާސޫ މައުލޫމަތު އެއްކުރުމުގެ ކެޕޭސިޓީ ހުރިވަރެއް އަންދާޒާވެސް ކޮށްނުލެވޭނެއެވެ. ކުރުކޮށް ބުނާނަމަ ހަލްއަކީ އިންޑިއަން އެއަރފޯހުގެ ހިތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ