ޣައްޒާގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފިއެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާ ގައި 100ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައި ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ކަމަށް ޣައްޒާގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ޣައްޒާ ގެ މީޑިއާ އޮފީހުން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދިންނާއި، 8 އަންހެނުން ހިމެނޭ ކަމަށެވެ.
އިޒްރޭލުން ހަމަލާ އާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާޒާގެ މެދުތެރޭ ސަރަހައްދު ގައި ހުންނަ ޚަދީޖާ ސްކޫލް ކޮމްޕައުންޑަށް ހަމަލާ ދިނީ އެތަނަކީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ވާތީ ކަމަށެވެ.
ހަމާސް އާ ގުޅުން ހުންނަ ތަންތަން ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ ރެފިއުޖީން ބޭނުން ކުރަމުންދާ އެތައް ސްކޫލަކަށް މިހާތަނަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ އިރު، އެތަންތަނާ ހަމާސް އާ ހުރި އެއްވެސް ގުޅުމެއް މިހާތަނަށް އިޒްރޭލަށް ދެއްކިފައެއް ނުވެއެވެ. ހަމާސް އިން ވެސް ބުނަމުން އަންނަނީ ސްކޫލް ތަކުގެ އިމާރާތްތަކުގައި ހަމާސް ގެ އެއްވެސް ހަރަކާތެއް ހިނގަމުން ނުދާ ކަމުގައެވެ.
ހޮނިހިރު ދުވަހު ހެނދުނު ޚާން ޔޫނިސް އަށް ވެސް އިޒްރޭލް ސިފައިން ވަނީ ހަމަލާ ދީފައެވެ. ސިއްހީ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި އެ ހަމަލާގައި ޚާން ޔޫނިސް އިން ފަލަސްތީނުގެ 14 މީހުން ވަނީ ޝަހީދު ވެފައެވެ. އެމީހުންގެ ހަށިތައް ވަނީ އަލް-ނާސިރު މެޑިކަލް ކޮމްޕްލެކްސް އަށް ގެނެވިފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޣައްޒާގެ ސްކޫލަކަށް އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ 30 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ