އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާނުން ހޯދައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން ކުރިޔަ ގެންދިޔަ އިންޓަސްކޫލް މުބާރާތުގެ 13 އަހަރުން ދަށުގެ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް ކަލާފާނު ސްކޫލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މިމުބާރާތުގެ ޗެމްޕިއަންކަން ކަލާފާނުން ހޯދީ 3-0 ގެ ނަތީޖާއަކުން އަންހުމަދިޔާ ސުކޫލު ބަލިކޮށްގެންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފައިނަލް މެޗު ފަށައިގެން ހަތް ސިކުންތު ތެރޭގައި ކަލާފާނުން ވަނީ ލީޑުނަގައިފަ އެވެ.
އެއީ ކަލާފާނު ކުޅުންތެރިން ވަރަށް މަތިން ފޮނުވާލި ބޯޅައެއް އަހުމަދިއްޔާ ކީޕަރު މުހައްމަދު އަރާން ޝަމީމް އަތްމަތިން ދިޔަ ވަގުތު އެ ބޯޅަ ހޯދައި، ކަލާފާނުގެ ކެޕްޓަން، ހުސެއިން އިލްހާމް އިބްރާހިމް ވަނީ ގޯލަށް ފޮނުފާލައިފަ އެވެ.
ދެޓީމުގެ ފަރާތުން ވެސް ވަނީ ރީތި ކުޅުމެއް ކުޅެފައެވެ. ދެޓީމަށް ވެސް ގޯލްޖަވާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައިވާއިރު އަހްމަދިޔާއަށް އެއްވެސް ބޯޅައެއް ގޯލުތެރެއަށް ފޮނިވާލާފައިނުވެއެވ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ