ސައުދީން ޙައްޖުގެ ސެކިއުރިޓީ ބަލަހައްޓަން ޑްރޯންއާއި އޭއައި ބޭނުންކުރަނީ

މިއަހަރުގެ ޙައްޖު މޫސުުގައި އެއްވެ އުޅޭ މީހުން މޮނިޓާކޮށް ގަވާއިދާއި ޚިލާފުވާ މީހުން ދެނެގަނެ، ހުއްދަ ނެތި ހުރުމަތްތެރިވެގެންވާ ތަންތަނަށް ވަނުން ހުއްޓުވުމަށް ޑްރޯންތަކާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޒަމާނީ ސަވައިލެންސް ޓެކްނޮލޮޖީތައް ބޭނުންކުރަން ސައުދީ އަރަބިއާއިން ނިންމައިފިއެވެ. ސައުދީ އޮކާޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޓެކްނޮލޮޖީތަކަކީ ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކު އެއްވާ އެތައް މިލިއަން ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށް ހިންގާ އިންޓަގްރޭޓެޑް ސެކިއުރިޓީ އެންޑް އޮގަނައިޒޭޝަނަލް ސިސްޓަމެއްގެ ބައެކެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން ޙައްޖު ގަވާއިދާ ހިލާފު މީހުން ޓްރެކްކޮށް ހައްޔަރުކުރުމަށް ޑްރޯން ބޭނުން ކުރަމުންދާއިރު، "ހުއްދަ ނެތި ހައްޖު ނުކުރެވޭނެ" މި ޝިއާރުގެ ދަށުން ހުރުމަތްތެރިވެގެންވާ ތަންތަނަށް ގަވާއިދާ ޚިލާފަށް ވަންނަން އުޅޭ މީހުން މޮނިޓާކުރުމުގެ މަސައްކަތް ކުރުމަށް ފިކްސްޑް ވިންގް މަތިންދާބޯޓުތައް ވެސް ބޭނުން ކުރެއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ޑްރޯންތަކުގެ އެހީގައި ސަލާމަތީ ބާރުތަކަށް ބޮޑެތި ސަރަހައްދުތައް އަވަހަށް އަދި ރަނގަޅަށް މޮނިޓާކޮށް، ޝައްކު ކުރެވޭ ހަރަކާތްތަކާ ބެހޭ ގޮތުން ފީލްޑް ޓީމުތަކަށް ވަގުތުން އެލާޓް ފޮނުވޭނެއެެވެ. އަދި، ސްމާޓް ސަވައިލެންސް ނެޓްވޯކްތަކާއި ހައި ރިޒޮލިއުޝަން ކެމެރާތަކާއި ތަމަލް އިމޭޖިން ޑިވައިސްތައް ވެސް މި ސިސްޓަމްގައި ހިމެނެއެވެ. އަދި ތޮއްޖެހުން ކުޑަކުރުމަށް، ތޮއްޖެހިފައިވާ މަގުތަކުން މީހުން ދުރަށް ގެންދިއުމަށް އޭއައިއިން ކަރަންޓް ދޭ ކްރައުން އެނަލިސިސް ސިސްޓަމްތަކަށް ވެސް ކަމާބެހޭ ފަރާތްތަކުން ބަރޯސާވެފައިވާއިރު، ފަރުދުން ދެނެގަތުމާއި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީ ވެސް ބޭނުން ކުރެއެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ގާތްގަނޑަކަށް 1.5 މިލިއަން މީހުން ސައުދީ އަރަބިއާއަށް ދަތުރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ