ކޮމިޓީ ބޭއްވޭނެ، އީވާގެ މައްސަލަ ހުއްޓުވާފައި ނުބޭއްވޭނެ: އެމްޑީޕީ

އަސްލަމް ވިދާޅުވީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަޝްވަރާ ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް، ކުރިން އެކުލަވާލައިފައި އޮތް ކޮމިޓީތައް އަދިވެސް ދެމި އޮންނާނެ ކަމަށެވެ.
މަޖިލީހުގެ ކޮމިޓީތައް ބެހުމުގައި އެއްބަސްވުމަކަށް ނާދެވިގެން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާއިރު، އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.މަޖިލީހުން އަންނަ އާދީއްތަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު، ފަހުން ވަނީ އެ މައްސަލަ އެޖެންޑާއިން އުނިކޮށްފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ އެއް  މަޖިލީހަށް ހުށަހެޅުމުގެ ކުރިން، އާންމު ކޮމިޓީން އެ މައްސަލައެއްގެ ބަހުސަށް ވަގުތު ކަނޑައަޅަންޖެހެއެވެ. ނަމަވެސް، މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާއެކު، ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ އާއި ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެމްޑީޕީން އެދިގެން އެ މަގާމުން ވަކިކޮށްފައިވާތީ، އެ މައްސަލަ ކޮމިޓީއަށް އަދި ހުށަހެޅިފައި ނުވެއެވެ.އަސްލަމް ވިދާޅުވީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަޝްވަރާ ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް، ކުރިން އެކުލަވާލައިފައި އޮތް ކޮމިޓީތައް އަދިވެސް ދެމި އޮންނާނެ ކަމަށެވެ."އާންމު ކޮމިޓީގައި މިހާރުވެސް މެންބަރުން ވެސް ތިއްބަވާނެޔޭ. އާންމު ކޮމިޓީއަށް ގޮވާލުމަކީ އަމީން އާންމުގެ ޒިންމާއެކޭ،" އޭނާ ވިދާޅުވިއެވެ.އަސްލަމް ވިދާޅުވީ އާންމު ކޮމިޓީއަށް ގޮވާލައި، މުގައްރިރަކު އައްޔަނުކޮށްގެން މައްސަލަތައް އަވަހަށް ކުރިއަށް ގެންދިޔުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. 
އަސްލަމް ވިދާޅުވި ގޮތުގައި ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަޝްވަރާގައި އެމްޑީޕީން އަންނަނީ ވީހާވެސް ބޮޑަކަށް ދޫދެމުން ކަމަށެވެ. އެގޮތުން މިހާތަނަށް ހަތަރު ކޮމިޓީއަކުން، އެމްޑީޕީގެ ބައެއް ސްލޮޓުތައް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކޮމިޓީ ތަކަކީ؛
ނަމަވެސް އަސްލަމް ވިދާޅުވީ އެހެން ޕާޓީތަކުގެ ފަރާތުން އެފަދަ ރޫހެއް ނުފެންނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު އާ ކަންތައްތަކެއް ހުށަހަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ހުރިހާ ޕާޓީއެއް ހިމެނޭ ގޮތަށް އާންމު ކޮމިޓީ އެކުލަވާލުމަށް މިއަދު މިނިވަން މެންބަރުންގެ ފަރާތުން ހުށަހެޅުއްވި ކަމަށެވެ."މިއަދާ ހަމައަށް އެއްވެސް ބޭފުޅެއް ދެއްކެވި ވާހަކައެއް ނޫން އާންމު ކޮމިޓީގައި ހުރިހާ ޕާޓީތަކުގެ ބޭފުޅުން ބޭތިއްބުމަކީ،" އޭނާ ވިދާޅުވިއެވެ.އަސްލަމް ވިދާޅުވީ ޕާޓީތަކަށް މަޝްވަރާގައި ދޫ ދިން ނަމަވެސް، އެމްޑީޕީއަށް މަޖިލީހުގައި ލިބިފައިވާ މެޖޯރިޓީ ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ