ރޯދަމަހު މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30ގެ ފަހުން

ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކުނި ނަގާނީ ގަޑިތައް ވެމްކޯއިން އާންމުކޮށްފިއެވެ.
ވެމްކޯއިން ބުނީ، ރޯދަ މަހު ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަސްތަކުގައި ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާނީ މެންދުރު 2:00 އިިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށް ކަމަށް ވެމްކޯއިން ބުނެއެވެ.
ހިޔާ ފްލެޓުތަކުން ކުނި ނަގާ ގަޑިތައް ތަފާތެވެ. އެގޮތުން ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކުނި ނެގުމަށްފަހު ދެން ކުނި ނަގަން ފަށާނީ ރޭގަނޑެވެ. ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް ވެސް ހިޔާ ފްލެޓުތަކުން ކުނި ނަގާނެއެވެ.
ވެމްކޯގެ އޮފީސްތައް ހުޅުވާފައި ހުންނާނެ ގަޑިތަކަށް ވެސް ބަދަލުތައް ގެނެސްފައިވާއިރު އެކުންފުނީގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތައް ހުޅުވާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ