ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އޭނާ ސުލޫކާ ހިލާފު ވެފައި ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ.
ގާޒީ ހަސަން ދެ ހަފުތާ އަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީ މަހު ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ސިންގަޕޫރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދޭން މަގުފަހި ކޮށްދިން ކަމަށް ބުނެ އެވެ.
އެ ނިންމުން ގާޒީ ހަސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ސިންގަޕޫރަށް ގޮސްގެން ކައިވެނި ކޮށްދޭން އޭނާ ލަފާ ދެއްވީ ކައިވެނީގެ ރަޖިސްޓްރާ އެކަމުގައި އޭނާގެ ލަފައަކަށް އެދުމުން ކަމަށެވެ. އެއީ ސިންގަޕޫރުގެ ގާނޫނާއި ރާއްޖޭގެ ގާނޫނު ވެސް ކަނޑައެޅިގެން މަނާކުރާ ކަމެއް ނޫން ކަމަށާއި އަދި އެކަމުގައި ގާނޫނާ ކަނޑައެޅިގެން ހިލާފު ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
ޖޭއެސްސީގެ ގާނޫނުގެ ދަށުން އުފެދިފައިވާ ފަނޑިޔާރުންގެ އިސްތިއުނާފްގެ މަޖިލީހުގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ޖުވެނައިލް ކޯޓުގެ ގާޒީ އަހުމަދު ޝަރީފެވެ.
ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ