މި މައްސަލައިގައި އާބަންކޯ އިން ވަނީ ދެ ފްލެޓްގެ އެއްބަސްވުން ބާތިލުކޮށް، އެއްލައްކަ ރުފިޔާއިން ކޮންމެ އެޕާޓްމެންޓެއް ޖޫރިމަނާކޮށްފަ އެވެ. އަދި 14 ދުވަސްތެރޭ ތަން ހުސްކުރަން އެންގި އެވެ.
ހުޅުމާލެ ހިޔާ އަވަށުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އިމާރާތުގައި ދެ އެޕާޓްމަންޓް އެއްކޮށްލަން ތަޅާލި ފާރު އަލުން ރާނައި އިހު ހުރިގޮތަށް ބަދަލުކުރަން އިތުރު ހަތް ދުވަހުގެ މުއަދަތު އާބަންކޯއިން ދީފި އެވެ.
އާބަންކޯ އިން ބުނާ ގޮތުގައި ދެ ފްލެޓްގެ ވެރީން އަމަލުކޮށްފައިވަނީ އެ ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ހިލާފަށެވެ. އެޕާޓްމަންޓް ވަކިކުރާ ފާރު ތަޅާލާ އެ ތަން ވަނީ ހަތަރު ކޮޓަރީގެ އެޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.އާބަންކޯ އިން މިއަދު ބުނީ ދެ ފްލެޓްގެ މެދު ފާރު ރާނަން އިތުރު މުއްދަތެއް ދިނީ ފްލެޓްގެ ވެރިފަރާތުގެ އެދުމުގެ މަތިން ކަމަށެވެ. އެމީހުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި ހަތް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ.މި މައްސަލައިގައި އާބަންކޯ އިން ވަނީ ދެ ފްލެޓްގެ އެއްބަސްވުން ބާތިލުކޮށް، އެއްލައްކަ ރުފިޔާއިން ކޮންމެ އެޕާޓްމެންޓެއް ޖޫރިމަނާކޮށްފަ އެވެ. އަދި 14 ދުވަސްތެރޭ ތަން ހުސްކުރަން އެންގި އެވެ. އެކަމަކު މުއްދަތު ފަހަނައަޅާ ދިއުމުން ވެސް އާބަންކޯއިން އެންގި އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.
އޭގެ ބަދަލުގައި އާބަންކޯގެ ނިންމުން ބަދަލުކުރަން އެޕާޓްމެންޓްތަކުގެ ވެރިން ސިވިލް ކޯޓަށް މައްސަލައެއް ވެއްދި އެވެ. އެކަމަކު އެމީހުން އެދުނު ގޮތަށް ސިވިލް ކޯޓުން އަމުރެއް ނެރެދީފައެއް ނުވެ އެވެ.ދެ އެޕާޓްމެންޓް އެއްކޮށްލައިގެން ވަނީ ހަތަރު ކޮޓަރީގެ ލަގްޒަރީ އެޕާޓްމެންޓަކަށް ބަދަލުކޮށްލާފަ އެވެ. ހިޔާގެ އެއްވެސް ފްލެޓަކަށް ގެއްލުމެއް ދީފިނަމަ 1000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު ގެއްލުމުގެ ބޮޑު ކުޑަ މިނަށް ބަލައި ޖޫރިމަނާ ކުރާނެ ކަމަށް އާބަންކޯ އާއި ފްލެޓް ވެރިންނާ ދެމެދު ކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދެ ފްލެޓްގެ މެދުން ފާރު ރާނަން އިތުރު 7 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ