ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިހާބު، އުމުރުން 34 އަހަރުގެ ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި އެވެ.
ޒޮހްރާން ވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އެ ސިޓީގެ އެންމެ ލިބަރަލް މޭޔަރަކަށެވެ.
ޒޮހްރާން ވަނީ ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯ އާއި ރިޕަބްލިކަން ޕާޓީގެ ކާޓިސް ސްލިވާ ބަލިކުރައްވައިފަ އެވެ. އެމެރިކާގެ އެންމެ ބޮޑު ސިޓީގެ ޑިމާންޑްތައް ފުއްދައި ކެމްޕޭން ވައުދުތައް ފުއްދަން އޭނާ މިހާރު މަސައްކަތް ކުރައްވަން ޖެހޭނެ އެވެ. ނަމަވެސް އޭނާއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާގެ ވައުދުތަކަކީ ހަގީގަތާ ފައިހަމަވާ ވައުދުތަކެއް ނޫން ކަމަށެވެ.
އެ ކާމިޔާބީއާ އެކު، ޑިމޮކްރެޓިކް ސޯޝަލިސްޓަކީ އެ ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރެވެ. އަދި ދެކުނު އޭޝިއާ ދަރިކޮޅުގެ ފުރަތަމަ މޭޔަރުގެ އިތުރުން އެފްރިކާއަށް އުފަން ފުރަތަމަ މޭޔަރުގެ މަގާމު ފުރުއްވާނެ ބޭފުޅާއަށްވާނެ އެވެ.
އޭނާ ވެވަޑައިގަންނަވާނީ އެ ސިޓީގެ މޭޔަރުކަން 100 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ލިބިވަޑައިގެންނެވި އެންމެ ޒުވާން މޭޔަރަށެވެ. އޭނާ މޭޔަރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ އަންނަ 1 ޖެނުއަރީގަ އެވެ.
ނިއު ޔޯކްގެ މޭޔަރު އިންތިހާބު ޒޮހްރާން ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ