އެޕަލްއިން އާ އެއާޕޮޑްސް ސީރީޒެއް ތަރައްގީކުރަނީ

އެޕަލް އިން އާ އެއާޕޮޑްސް ޕްރޯގެ މޮޑެލްއަކާއި، އެއާޕޮޑްސް-5 އަދި އެޗް-3 ޗިޕް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބްލޫމްބާގްގެ މާކް ގާމަންއާ ހަވާލާދީ މެކްރޫމާސް އިން ރިޕޯޓްކޮށްފިއެވެ. މިދިޔަ މަހު އެއާޕޮޑްސް ޕްރޯ-3 ނެރުނު ނަމަވެސް، އެޕަލްއިން މިހާރުން މިހާރަށް ދަނީ އެއާޕޮޑްސް ޕްރޯގެ ދެން އަންނަ ޖީލު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. ގާމަން ވިދާޅުވެފައިވަނީ މިއީ "ހައި-އެންޑް އިން-އިޔާ ބަޑްސް" ގެ "އާ ވާޝަންއެއް" ކަމަށެވެ. މީގެ ކުރިން އެއާޕޮޑްސް ޕްރޯ-2 އަށް ޔޫއެސްބީ-ސީ ޗާޖިން ކޭސްއަކާއި އެހެނިހެން ބަދަލުތަކެއް ގެނެސްފައިވަނީ ނަން ބަދަލުނުކޮށެވެ. މިދިޔަ މަހު އެނަލިސްޓް މިނގް-ޗީ ކުއޯ ވިދާޅުވެފައިވަނީ އެއާޕޮޑްސް ޕްރޯ އަށް އަންނަ އަހަރު "އިތުރަށް މުހިންމު" ހާޑްވެއާ އަޕްގްރޭޑްތަކެއް ލިބޭނެ ކަމަށެވެ. މީގެ ތެރޭގައި ކުޑަ އިންފްރާރެޑް ކެމެރާއެއް ހިމެނެއެވެ. ޗައިނާގެ ޕްލެޓްފޯމެއް ކަމަށްވާ ވެއިބޯގެ ލީކަރެއް ބުނެފައިވަނީ މިއީ އެއާޕޮޑްސް ޕްރޯ-4 އަށްވުރެ ބޮޑަށް އެއާޕޮޑްސް ޕްރޯ-3 ގެ ތަރައްގީ އޮޕްޝަންއެއް ކަމަށެވެ. މިއީ އެކްޓިވް ނޮއިސް ކެންސަލޭޝަންއާއެކު އަދި އެނޫން ވެސް ދެ ކޮންފިގަރޭޝަންގައި ލިބެން ހުންނަ އާއްމު އެއާޕޮޑްސް-4 އާ އެއްގޮތް ކަމެކެވެ. https://sun.mv/211099 މީގެ އިތުރުން ގާމަންގެ "ޕަވާ އޮން" ނިއުސްލެޓާގައި ވިދާޅުވެފައިވާ ގޮތުގައި އެޕަލް އިން ދަނީ ވަޔާލެސް އޯޑިއޯއަށް ހާއްސަކޮށް އާ ޖީލުގެ އެޗް3 ޗިޕް ތަރައްޤީ ކުރަމުންނެވެ. މި ޗިޕްގެ ސަބަބުން ސައުންޑް ކޮލިޓީ ރަނގަޅުވެ، ލޭޓެންސީ ދަށްވާނެއެވެ. މި ޗިޕް ދެން އަންނަ އެއާޕޮޑްސް ޕްރޯގައި ހިމެނޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ޗިޕް ފުރަތަމަ ހިމަނާނީ ވަކި ކޮން އެއާޕޮޑްސް މޮޑެލްއެއްގައި ކަމެއް ނުވަތަ ކޮން އިރަކު ކަމެއް ގާމަން ސާފުކޮށް ވިދާޅުވެފައެއް ނުވެއެވެ. މީގެ އިތުރުން، އެޕަލް އިން ދަނީ އެއާޕޮޑްސް-5 ގެ ދެ ޓިއާ ވެސް ތަރައްޤީ ކުރަމުންނެވެ. އެއާޕޮޑްސް ޕްރޯ-3 ގައި ވޯކްއައުޓްތަކުގައި ހާޓް ރޭޓް މޮނިޓާ ކުރުމުގެ ފީޗާ ހިމެނޭ ނަމަވެސް، ގާމަން ލަފާކުރައްވާ ގޮތުގައި މި ފީޗާ އެއާޕޮޑްސް-5 ގައި ނުހިމެނޭނެއެވެ. ނަމަވެސް، އެޕަލް އިން ދަނީ މުސްތަޤްބަލުގެ އެއާޕޮޑްސްތަކަށް ޓެމްޕަރޭޗާ ސެންސިން ފަދަ އާ ހެލްތު ފީޗާތަކެއް ރާވަމުންނެވެ. ގާމަން ފަހުން ވިދާޅުވެފައިވަނީ އެޕަލް އިން ބައެއް އެއާޕޮޑްސް މޮޑެލްތަކަށް ކެމެރާ އިތުރުކުރުމަށް ވިސްނަމުންދާ ކަމަށެވެ. އޭނާ މީގެ ކުރިން ވިދާޅުވެފައިވަނީ އިންފްރާރެޑް ކެމެރާ ހިމެނޭ އެއާޕޮޑްސްތަކުން އިން-އެއާ ޖެސްޗާސް ސަޕޯޓްކޮށް، އެއާޕޮޑްސް އާއި ވިޝަން ޕްރޯއާ ދެމެދު ގުޅުން ބަދަހިކުރާނެ ކަމަށެވެ. އެއާޕޮޑްސް ޕްރޯ-3 އާއި އެއާޕޮޑްސް-4 ގައި ހިމެނެނީ އެޗް-2 ޗިޕެވެ. މިއީ އެއާޕޮޑްސް ޕްރޯ-2 ގައި ފުރަތަމަ ފަހަރަށް ތައާރަފްކުރި ޗިޕެކެވެ. އޯވާ-އިޔާ އެއާޕޮޑްސް މެކްސްގައި އަދިވެސް ހިމެނެނީ އެޗް-1 ޗިޕެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ