އަސާސީ ހައްގުތަކާ ގުޅޭ ގޮތުން ފޮތަކާއި މުދަލު ޒަކާތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިއުއްވި ފޮތެއް މިއަދު ނެރެފި އެވެ.
ވީކިހިނެއް؟ - މިއަދު ހަވީރު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނެރުނީ "ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން"ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތާއި "މުދަލު ޒަކާތް ހިސާބުކުރުން"ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތެކެވެ.
ތަފްސީލް - ހަވީރު ބޭއްވި ރަސްމިއްޔާތުގައި ދެ ފޮތް ނެރުއްވީ ސުއޫދާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
މި ފޮތް ގަންނަން ލިބެނީ ވެސް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް މެދުވެރިކޮށެވެ. އެ ތަނަށް ގުޅޭ ނަންބަރަކީ 3013200 އެވެ.
ސުއޫދު ވިދާޅުވީ އެ ދެ ފޮތުގެ ކޮޕީތައް ބުކްޝޮޕްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަދި ދުވަސްތަކެއް ވާނެ ކަމަށެވެ.
ދެ ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ސުއޫދު ވިދާޅުވީ ހައްގުތަކާ ގުޅޭ ގޮތުން އޭނާ ލިއުއްވި ފޮތަކީ، ދުސްތޫރީ ނިޒާމާ ގުޅޭ ގޮތުން އޭނާ ލިއުއްވަން ގަސްތުކުރައްވާފައިވާ ސިލްސިލާ ފޮތްތަކުގެ ތެރެއިން ފުރަތަމަ ފޮތް ކަމަށެވެ.
ފުރަތަމަ ފޮތުގައި ހިމަނާފައިވަނީ ގާނޫނުއަސާސީން ލިބިދޭ ކޮންމެ ހައްގެއް ކަށަވަރުކޮށްދިން ސަބަބާއި އެއިން ކޮންމެ ހައްގަކާ ގުޅޭ ގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމާފަައިވާ ހުރިހާ ނިންމުމެމެކެވެ.
މުދަލުގެ ޒަކާތް ހިސާބު ކުރާނެ ގޮތާ ބެހޭގޮތުން ފޮތެއް ލިއުއްވީ މުދަލުގެ ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ބައެއް އޮޅުންތައް އަރާކަން ފާހަގަވާތީ އެ އޮޅުންތައް ސާފުކުރުމަށް ކަމަށް ބަންޑާރަ ނައިބު ކަން ވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ލިއުއްވި ހައްގުތަކުގެ ފޮތަކާއި ޒަކާތުގެ ފޮތެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ