މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.
އެ ކައުންސިލުން މިއަދު ވަނީ "އާއްމުކޮށް ފެންނަގޮތަށް ގޭގެ ނަންބޯޑު ހަރުކުރުމާއި ގުޅޭ" ސާކިއުލާއެއް އާންމުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެ އާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތް ކުރާއިރު މާލެ އާއި ވިލިމާލޭގެ ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތްކުރާއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވާާ ކަމަށެވެ.
އެކަން ހައްލު ކުރުމަށް މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފަ އެވެ.
ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް ހަރުކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ