ރާއްޖޭއިން ބޭރުގެ ފަރާތްތަކުން އަމިއްލަ ހަރަދުގައި ކުޅުދުއްފުށީގައި މިސްކިތެއް ބިނާކުރުމުގެ ޝައުގުވެރިކަންފާޅުކޮށްފައިވާތީ އެކަމަށް ބޭނުންވާ ބިން ދޫކުރުމަށް ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ސިޓީ ކައުންސިލުގައި މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ، ހެޔޮ އެދޭ ފަރާތްތަކުން އަމިއްލަ ހަރަދުގައި ކުޅުދުއްފުށީގައި މިސްކިތެއް ބިނާކުރަން ޝައުގުވެރިކަންފާޅުކޮށް، ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވުމުން ލޭންޑްޔޫސް ޕްލޭނުގައި މިސްކިތެއް ބިނާކުރުމަށް ހާއްސަކޮށްފައިވާ ބަންޑާރަހިޔާ އިރުދެކުނުން އޮންނަ ބިމުގައި އެ މިސްކިތް އިމާރާތްކުރުމަށް ހުށަހެޅި އެވެ.
މި ހުށަހެޅުމަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ހުރިހާ ކައުންސިލަރުންވެސް ވާހަކަދެއްކެވި އެވެ. އަދި އެ ހޮސްޕިޓާ ހިމެނޭ ސަރަހައްދުގެ އިތުރުން އެއީ އަލަށް އާބާދުވި ސަރަހައްދެއްކަމުން އެތަނުގައި މިސްކިތެއް ހުރުމުގެ މުހިންމުކަން ހުރިހާ ކައުންސިލަރުންވެސް ފާހަގަކުރެއްވި އެވެ.
އެތަނުގައި އެ މިސްކިތް ބިނާކުރަން ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްވި އެވެ.
އަމިއްލަ ފަރާތެއް އެހީގައި މިހާރުވެސް ރަށުގެ އިރުމަތި ފަރާތުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުޅުދުއްފުށީގެ އިމާރާތްކޮށްފައިވާ ގިނަ މިސްކިތަކީވެސް ރަށުގެ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީގައި ބިނާކޮށްފައިވާ މިސްކިތްތަކެވެ.
އަމިއްލަ ފަރާތެއް އެހީގައި ކުޅުދުއްފުށީގައި އިތުރު މިސްކިތެއް ބިނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ