އެމްޑީޕީއާ ގައުމަށް އެންމެ ރަނގަޅު ގޮތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނު ވެސް ވާދަ ނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލިސް މެންބަރުންނާއި މިހާރުގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ނަޝީދު ވަނީ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަށާއި ދިވެހި ރާއްޖެއަށް ވެސް ރަނގަޅު ވާނީ ސޯލިހާއި އެ މަނިކުފާނު ވެސް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވާން ބޭނުންފުޅުވާ ކަމަށާއި އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ބޭފުޅުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ގެއްލުނު ސަބަބު ސާފުކޮށްދިންކަމަށްޓަކައި ފައްޔާޒަށް ޝުކުރު އަދާކުރައްވާ ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރައްވާ، ސޯލިހަށް ފުރުސަތުދެއްވަން ދެ ފަހަރަށް ހުށަހެޅުއްވި ކަމަށާއި އެހެން ނަމަވެސް ސޯލިހާއި އަރިސްބޭފުޅުންނަށް އެ ގޮތް ކަމުނުދިޔައީ ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވުމުން ސޯލިހު ރައްދު ދެއްވަވައި ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް ކަމަށް ބުނެ މިތާ [ވަޓްސްއަޕް ގްރޫޕުގައި] މި ދެކެވެނީ އޭގެ އެއްބައި ވާހަކަތައް ކަަމަށެވެ. އަދި ހަމަ އެހެންމެ އޭގެ ހުރިހާ ތަފްސީލުތަކެއް ނުދައްކައި މަޑު ކުރަނީ މަސްލަހަތައްޓަކައިކަން ފާހަގަކޮށް ސޯލިހު ވިދާޅުވީ މިއީ އެންމެން އެކުގައި ޕާޓީއައިގެން ކުރިއަށްދާންވީ ވަގުތު ކަމަށެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާން ކުރައްވާފައިވާ ފައްޔާޒު އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަންކަމުން ރޭ އިސްތިއުފާދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
އިސްތިއުފާގެ ސިޓީގައި ފައްޔާޒު ވިދާޅުވެފައިވަނީ ސޯލިހާއި ނަޝީދުއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުކުރަން މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ސޯލިހާއި ނަޝީދު ވަނީ ހިޔާލުތަފާތުވުންތަކަށް ނިމުމަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވައިފައިކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.
"އެ ދެ ބޭފުޅުން ވާދަކުރެއްވުމުގެ ނަތީޖާއަކީ ފަހުން އަޅުގަނޑުމެން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމެކެވެ. މިއީ ކޮންމެހެނެއް ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި،" ފައްޔާޒު ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ފަސް ފަހަރެއްގެ މަތިން ނަޝީދު ފެކްޝަނުގެ ބޭފުޅުންނާއެކު ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވެފައިވަނީ އެ ބައްދަލުވުންތަކުގައި ވަނީ ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަނުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
2028ގެ އިންތިހާބަށް ނަޝީދުގެ ފޯމިއުލާ: "ރަނގަޅުވާނީ ސޯލިހާއި އަޅުގަނޑުވެސް ނުނިކުތުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ