ބައިހާޓްގެ ކުޑަކުދިންގެ ފޯމިއުލާ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި ބައިހާޓްގެ ކުޑަކުދިންގެ ފޯމިއުލާ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

ކުޑަކުދިންނަށް ދޭ ކިރުގެ ބާވަތެއް ކަމުގައިވާ "ބައިހާޓް ހޯލް ނިއުޓްރިޝަން އިންފަންޓް ފޯމިއުލާ" އިން ނުރައްކާތެރި ޖަރާސީމެއް ފެނިފައިވާތީ އެ އުފެއްދުން އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގައި އުފައްދާފައިވާ އިންފެންޓު ފޯމިއުލާއެއް ކަމަށްވާ "ބައިހާޓު ހޯލް ނިއުޓރިޝަން އިންފެންޓު ފޯމިއުލާ" އިން "ކުލޮސްޓްރިޑިއަމް ބޮޓުލިނަމް" ޖަރާސީމް ފެނިފައިވާ ކަމަށެވެ.
އެހެންވެ، އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް އެމެރިކާގެ އެފްޑީއޭއިން އަންގާފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އިންފޯސަން) އިން ރާއްޖެއަށް ވެސް އަންގާފައިވާ ކަމަށެވެ.
"މި ޖަރާސީމަކީ ބޮޓުލިޒަމް ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެކެވެ،" ބަޔާނުގައިވެ އެވެ.
އެހެންވެ، އުފެއްދުން ރާއްޖެ އެތެރެކުރުމާއި ވިއްކުން އެފްޑީއޭއިން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާގައި މި ކިރު ބޭނުންކުރި ގިނަ އަދަދެއްގެ ތުއްތުކުދިން ތަކެއް ބަލިވެގެން ހޮސްޕިޓަލްގައި ވަނީ އެޑްމިޓުކޮށްފަ އެވެ. އެހެންވެ، މި ވިއްކަމުންގެ ދިޔަ މި މަރުކާގެ ހުރިހާ ކިރު ދަޅެއް ވަނީ ބާޒާރުން ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ