ވާނުވާގައި އޮތް އަލިފުށީ އެއާޕޯޓް މަޝްރޫއު އަވަސްކޮށްދޭން އެދިއްޖެ
ރައީސް ސޯލިހުގެ ވެރިކަމުގައި ފެށި ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ އެވެ.ސޯލިހު ސަރުކާރުގައި އަލިފުށީ އެއާޕޯޓްގެ މަސައްކަތް ހަގީގަތަކަށް ހައްދަވައި ދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އެމަނިކުފާނު އިސްވެ ފެއްޓެވި އަލިފުށީ އެއާޕޯޓްގެ މަސައްކަތް "ހުއްޓިފައި" އޮތުމުން މިއަދު ޝޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލިފުށީ އެއާޕޯޓް މަސްރޫއުއަކީ 50.1 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސްރޫއުއެއް ކަމަށާއި އެގޮތުން އެއާޕޯޓްގެ ބޭނުމަށް 40.1 ހެކްޓަރު ބޭނުންކުރުމަށް ހަމަޖެހިފައިވާ އެ ބޮޑު މަސްރޫޢުގައި ގެދޮރު ވެރިކުރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ބޭނުންކުރެވިގެންދާނެ ކަމަށެވެ.ބިގޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު އެއާޕޯޓްގެ ރަންވޭގެ 1200 މިޓަރުން 1500 މީޓަރަށް ދިގުކުރެވިފައިވާނެ ކަމަށާއި އަދި ފަޔާ ބިލްޑިންއާ ޓާާމިނަލް ބިލްޑިންގެ މަސައްކަތް ވަރަށްބޮޑުބައެއްވާނީ ނިމިފައި ވާނެ ކަމަށެވެ. "މިއަދު މަސައްކަތް ހުއްޓިފައިވާތާ ގާތްގަޑަކަށް 2 އަހަރުވާން ކައިރިވެފައިވާއިރު ހިއްކި ބިމުން ބައެއް އެވަނީ ގިރައިގެންގޮސްފައި، އަދި ޓާމިނަލާ، ފަޔަރ ސްޓޭޝަންގެ ސްޓްރެކްޗަރ އެވަނީ އަލުން ބޮޑު ޚަދަރެއް ކޮށްގެންނޫނީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައި، އަލިފުއްޓަކީ އެކަހެރިކޮށް އޮންނަރަށަކަށްވީތީ އެއާރޕޯޓެއްގެ ބޭނުންވަރަށްވެސްބޮޑުކަން އަލިފުށީ ރައްޔިތުންނާ އަލިފުއްޓަށް ދަތުރުކުރާ އެންމެހާ ފަރާތްތައް ހިތުގެއަޑިން ޤަބޫލުކުރާނެކަންކަށަވަރު، ދެ މޫސުމުގައިވެސް ގަދަ ދުވަސްތަކުގައި އަލިފުއްޓަށް ދަތުރުކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަން މި އީ ފެންނަންއޮތް ހަގީގަތަކީ، އަޅުގަނޑު މިއަދުގެ ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ އަލިފުށީ އެއާރޕޯރޓް މަސްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަކަށް އަލުން ފައްޓަވާދެއްވާ ނިންމާލަދެއްވުމަށް، އަލިފުށީގެ ރައްޔިތުން ހަޤީޤީމާނައިގާ ރަށުބަންދުން މިންޖުވާންއޮތީ އެމަގުން މަސައްކަތް ކުރެވިގެންކަން،" އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވި އެވެ. ބިގޭ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފެށި މަސްރޫއުއަކަށްވީތީ އެ މަސްރޫއު މަޑުނުޖައްސާ ވީހާވެސް އަވަހަކަށް މަސައްކަތް ފައްޓަވާ ނިންމަވާލަދެއްވުމަށް އަދުގެ ސަރުކާރަށް ގޮވާލާ ކަމަށެވެ. ނިމުނު ރިޔާސީ އިނތިހާބަށް 2023 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު އަލިފުޓަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި ރ. އަލިފުށީގެ އެއާޕޯޓު މަޝްރޫއު ހުއްޓާނެ ކަމަށް ބުނެ ވާހަކަ ފަތުރަނީ ވަރަށް ފިނޑިބައެއް ކަމަށާއި މާ ބާރު ސްޕީޑުގައި އެއާޕޯޓް ނިންމަވައިދެއްވާނެ ކަމަށެވެ.ނަމަވެސް ރައީސްގެ ވައުދާ ހިލާފަށް މިހާރު ވަނީ އަލިފުށީ އެއާ ޕޯޓް މަސައްކަތުގެ "ބާރު ސްޕީޑު" ގެއްލި މަސައްކަތައް ބޭނުން ކުރި ސާމާނު އެރަށުން ބާލާ އެރަށު އެއާޕޯޓް ސައިޓް މިހާރު ވަނީ ފަޅުވެފަ އެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި އަލިފުށީ އެއާޕޯޓަށް ހިއްކި ސަރައްހައްދުން ބޮޑު ބައެއް ވަނީ ގިރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ