ހުލާސާކޮށް އިއްޔެ: އެންމެ ލޯނެއް ދޫނުކުރެވި 12 މިލިއަން ރުފިޔާގެ ހަރަދު ހުލާސާކޮށް އިއްޔެ: އެންމެ ލޯނެއް ދޫނުކުރެވި 12 މިލިއަން ރުފިޔާގެ ހަރަދު

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހުޅުވައިދެއްވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުން ހިދުމަތް ދޭން ނުފެށެނީސް މި އަހަރުގެ އޯގަސްޓު މަހާ ހަމައަށް އެތަނަށް 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޑީބީއެމްއަށް ކުރި ހަރަދު ހޯދުމަށް މި ނޫހުން ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ މި އަހަރުގެ އޯގަސްޓު މަހުގެ ނިިޔަލަށް އެ ބޭންކަށް 11،998،267ރ. ހަރަދު ކޮށްފައިވާ ކަމަށެވެ.
މި ނޫހުން އެދުނީ ޑީބީއެމްއަށް ސަރުކާރުން ކުރި ހަރަދުގެ ތަފުސީލު ހޯދުމަށެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ އެ ބޭންކަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އުފައްދާފައިވާ ވަކި ގާނޫނީ ޝަހުސަކަށް ވާތީ އެތަނަށް ކުރި ހަރަދުގެ ވަކިވަކި ތަފުސީލު ހާމަ ނުކުރެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ 2024 ވަނަ އަހަރު އެ ބޭންކަށް 3،000،000ރ ހަރަދުކުރި ކަމަށެވެ. އަދި މި އަހަރުގެ އޯގަސްޓު މަހުގެ 25 އާ ހަމައަށް އެ ބޭންކަށް 8،998،267ރ. ހަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު "ހުޅުވީ" މިދިޔަ ނޮވެމްބަރު 16، ގައި ރައީސް މުހައްމަދު މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ