އިންޑިއާގެ ރާންޗީގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ހަތަރު ވަނަ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
ރާންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ދެކުނު އޭޝިއާ އަށް ނިސްބަތްވާ ހަ ގައުމަކުން 300 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވާނެ ކަމަށް އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަނުން މައުލޫޫމާތު ދެ އެވެ. މި ފަހަރުގެ މުބާރާތުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ، ބޫޓާން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ.
އެ ގޮތުން، ލޯ މެޑަލް ހޯދި 4 ގުނަ 100 މީޓަރު ރިލޭ ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، ހައްވާ މުޒްނާ ފާއިޒު، އަހްނާ ނިޒާރު އަދި ޒިވާ މޫސާ ޝަފީއު އެވެ.
ފަސް ޓީމުން ވާދަކުރި މި ރޭހުގެ އެއް ވަނަ ހޯދި ސްރީ ލަންކާ ޓީމުގެ ޓައިމިން އަކީ 44.70 ސިކުންތެވެ. އަދި، ދެ ވަނައިގައި ނިންމި އިންޑިއާ ޓީމުގެ ޓައިމިން އަކީ 44.93 ސިކުންތެވެ. ތިން ވަނަ ހޯދި ރާއްޖެ ޓީމުގެ ޓައިމިން އަކީ، 47.79 ސިކުންތެވެ. ހަތަރެއްގައި ނިންމި ބަންގްލަދޭޝްގެ ޓައިމިން އަކީ، 48.21 ސިކުންތެވެ. އަަދި، ފުލުން ނިންމި، ނޭޕާލް ޓީމުގެ ޓައިމިން އަކީ، 50.17 ސިކުންތެވެ.
ދެކުނު އޭޝިއާ މުބާރާތުގައި ރާއްޖޭން ވާދަކުރާ ސްކޮޑުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ، ހަސަން ސާއިދު، އިބާދުﷲ އާދަމް، އާދަމް ރިއްފަތު، ހަސަން ނުޖޫމް، ހުސެއިން ރިޒާ (ކުޑަ ރިޒާ)، އަހުނަފް ރައްޔާން ފަހުމީ އަދި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އަަދި، އަންހެން ކުޅުންތެރިންނަކީ، އައިޝަތު ޝަބާ ސަލީމް، ޒިވާ މޫސާ ޝަފީއު، އައިމިނަތު ލަޔާނާ މުހައްމަދު، ޒީކް އަޝްރަފް ރަޝީދު، އަހްނާ ނިޒާރު އަދި ހައްވާ މުޒްނާ ފާއިޒު އެވެ.
މި މުބާރާތަށް ދިޔަ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ތިން ކޯޗުން ހަރަކާތްތެރިވާނެ އެވެ. އެއީ، ހުސެއިން އިނާސް، އަބްދުﷲ އިބްރާހިމް އަދި ޒަޒްނީ ނަޝީދާ (ޔަޒޫ) އެވެ. އަދި، ޓީމު ލީޑަރަކީ އަހުމަދު ފާއިލް އެވެ.
ދެކުނު އޭޝިއާ އެތުލެޓިކްސް މުބާރާތުން އަންހެން ރިލޭ ޓީމަށް ލޯ މެޑަލް ދެކުނު އޭޝިއާ އެތުލެޓިކްސް މުބާރާތުން އަންހެން ރިލޭ ޓީމަށް ލޯ މެޑަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ